twitterviber whatsapp telegramfacebookyoutube instagram
26th July 2026

ފަރްހާން ބުނީ މިލްކާ ސިންގްގެ ހަނދާން އަބަދުވެސް ހުންނާނެކަމަށް

ޚަދީޖާ އާދަމް
Jun 19, 2021

އިންޑިޔާގެ ލެޖެންޓަރީ އެތްލީޓް މިލްކާ ސިންގް ވަނީ ދާދިފަހުން ކޮވިޑް-19 ގައި މަރުވެފައެވެ. އިންޑިޔާގައި"ފްލައިން ސިންގް"ގެ ނަމުގައި މަޝްހޫރި މިލްކާ ސިންގް މި ޖެނެރޭޝަނަށް ދަސްވީ ފަރްހާން އަޙްތަރުގެ "ބާގް މިލްކާ ބާގް" ފިލްމުންނެވެ.

2013 ގައި ރިލީޒްކުރި މި ފިލްމުގައި ފަރްޙަން ކުޅެފައިވަނީ މިލްކާ ސިންގެ ރޯލެވެ.

މިލްކާގެ ވަކިވުމާއެކު ފަރްހާން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިލްކާ ވަކިވެގެން ދިޔަކަން އަދިވެސް ގަބޫލްކުރަން ދަތިކަމަށާއި އޭނާއަކީ އެންމެނާވެސް ގުޅޭ ބޮޑު ހިތެއްގެ ވެރިއެއްކަމަށެވެ.

ފަރްހާންގެ މި ޕޯސްޓަށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ކޮމެންޓްކޮށް އޭނާއަށް ހިތްވަރުދީފަ އެވެ. އޭގެތެރޭގައި ސާހުރުކް ޚާން، ޕްރިޔަންކާ ޗޯޕްރާ، އަކްޝޭ ކުމާރު އަދި އަމީތާބު ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355