ކޮވިޑް-19 އަށް ފަރުވާހޯދަމުން ދިޔަ 75 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ. މިއީ މި ބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި މީހާ މަރުވެފައިވަނީ މިރޭ 08:49 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުން ދަނިކޮށް ކަމަށެވެ.
Tonight at 08:49 pm (19/06/21) a 75-year-old Maldivian male admitted at HMF has passed away
— Health Protection Agency (@HPA_MV) June 19, 2021
This is the 206th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
މިއަދު ރާއްޖޭގެ ފުރަތަމަ ކޮވިޑު މަރަކީ ރޭ ދަންވަރު 1:30 ހާއިރު މަރުވި އުމުރުން 55 އަހަރުގެ އިންޑިއާ މީހެކެވެ. އޭނާ އަށް ފަރުވާ ދެމުންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މީގެ އިތުރުން މިއަދު ފަތިހު 5:19 ހާއިރު އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފަ އެވެ. އޭނާ އަށްވެސް ފަރުވާ ދެމުން ގޮސްފައިވަނީ ހުޅުމާލޭ ފެސިލިޓީގައެވެ.
Today at 05:19 am (19/06/21) a 41-year-old Maldivian male admitted at HMF has passed away
— Health Protection Agency (@HPA_MV) June 19, 2021
This is the 205th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
ކޮވިޑް-19 ގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 206 އަށް އަރާފަ އެވެ.