twitterviber whatsapp telegramfacebookyoutube instagram
5th May 2025

އެސްޓީއޯއިން ވިއްކާ ޑީސަލްއާއި ޕެޓްރޯލުގެ އަގު ބޮޑުކޮށްފި

ޚަދީޖާ އާދަމް
Jun 20, 2021

އެސްޓީއޯ އިން ވިއްކާ ޑީސެލް އާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އަގަށް ގެނައި ބަދަލާއެކު ޑީސެލް ލީޓަރެއްގެ އަގު ވަނީ 9.97 ރުފިޔާ އިން 10.72 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި ކުރިން 8.85 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 9.74 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން ވިއްކާ ޑީސެލް އާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355