twitterviber whatsapp telegramfacebookyoutube instagram
22nd October 2024

އެސްޓްރަޒެނިކާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަދީފި

ނަބީލާ އިސްމާޢީލް
Jun 20, 2021

އެސްޓްރަޒެނިކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނީ އެސްޓްރަޒެނެކާ އިން އުފައްދާފައިވާ ކޮވިޑް19 ވެކްސިން އެސްޓްރާޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.

މި ހުއްދަ ދީފައިވާނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށެވެ. އުމުރުން 18 އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމުގެ ހުއްދަ މިއާއެކު ވަނީ ދީފައެވެ.

މިއީ މި ހާލަތުގައި ބޭނުންކުރުމަށް ރާއްޖޭގައި ހުއްދަ ދިން ހަތްވަނަ ވެކްސިނެވެ. މިހާރު ރާއްޖޭގައި ހުއްދަ ދީފައިވާ ވެކްސިންގެ ތެރޭގައި ކޮވިޝީލްޑް ވެކްސިނާއި، ސައިނޯފާމް ވެކްސިންގެ އިތުރުން މޮޑާނާ، ފައިޒާ، ސްޕަޓްނިކް އަދި ޖޯންސަންގެ ވެކްސިން ހިމެނެ އެވެ.

ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުގައި ކަމަށް ބުނެފައިވެއެވެ.

އެ ވެކްސިން ބަހައްޓަން ޖެހެނީ އަށް ޑިގްރީ އާއި ދެ ޑިގްރީ އާއި ދެމެދުގެ ފިނިހޫނުމިނުގައެވެ.

އެސްޓްރަޒެނެކާ ވެކްސިނަކީ މިހާރުވެސް 115 ގައުމެއްގައު ބޭނުންކުރަމުންދާ ވެކްސިނެކެވެ.

އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީއޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެ ކަމަށްވެސް ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355