twitterviber whatsapp telegramfacebookyoutube instagram
7th May 2025

ކުޅުދުއްފުށީގައި ތެލުގެ ވިޔަފާރި ކުރަމުންދާ އެޗް.ކޭ.ކޭ.ޖީ ކުންފުނިން ތެލުގެ އަގު ބޮޑުކޮށްފި

May 21, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުންދާ އެޗްކޭކޭޖީ ކުންފުނިން އިއްޔެ އަނެއްކާވެސް ތެލުގެ އަގު ބޮޑުކޮށްފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުން އިއްޔެ އެކުންފުނިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ އެސްޓީއޯއިން ތެލުގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެންނެވެ. އެގޮތުން އެކުންފުނިން 16.40 ރުފިޔާއަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަމުންދަނީ 17.60 ރުފިޔާއަށެވެ. އެއީ ޕެޓްރޯލް ލީޓަރަކުން 01.22 ރުފިޔާގެ ބޮޑުވުމެކެވެ.

ކުރިން 16 ރުފިޔާ 20 ލާރިއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް މިހާރު ވިއްކަމުންދާ އަގަކީ 16.80 ރުފިޔާއެވެ. އެއީ 60 ލާރީގެ ބޮޑުވުމެކެވެ.

ރާއްޖެއަށް ތެޔޮ އެތެރެކުރާ އެސްޓީއޯއިން ތެލުގެ އަގަށް އިއްޔެ ގެނައި ބަދަލާއި ގުޅިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ ސޯޅަ ރުފިޔާ ނަވާރަ ލާރިއަށެވެ. އަދި ޑީސަލް ލީޓަރަކުން 56 ލާރި ބޮޑުކޮށް މިހާރު ވިއްކަމުންދަނީ ފަނަރަ ރުފިޔާ ފަސްދޮޅަސް ފަސް ލާރިއަށެވެ.

މިއީ އެސްޓީއޯއިން ކުރިން ވިއްކި އަގަށް ބަލާއިރު ޕެޓްރޯލް ލީޓަރަކުން 1.17 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 56 ލާރީގެ ބޮޑުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355