twitterviber whatsapp telegramfacebookyoutube instagram
1st July 2025

އިންކަމް ސްޕޯޓް އެލަވެންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ ދޫކޮށްފި

ޚަދީޖާ އާދަމް
Jun 21, 2021

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް ދޭ އިންކަމް ސްޕޯޓް އެލަވަންސް ގެ ގޮތުގައި 421 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް އިންކަމް ސްޕޯޓު 22,945 ފަރާތަކަށް ވަނީ ދޫކޮށްފަ އެވެ. އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ.

ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކުރި މީހުންނަށް "ޖޮބް ސެންޓަރު" މެދުވެރިކޮށް ދެމުން ގެންދާ އިންކަމް ސްޕޯޓް އެލަވަންސަކީ ސަރުކާރުންތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ބައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355