twitterviber whatsapp telegramfacebookyoutube instagram
28th December 2025

އައިސެކްގައި ރާއްޖޭ ބައިވެރިވާން ރުހުން ދޭން ކޮމެޓީން ފާސްކޮށްފި

ޚަދީޖާ އާދަމް
Jun 21, 2021

އިސްލާމިކް ކޯޕަރޭޝަން ފޯ ދި އިންޝުއަރެންސް އޮފް އިންވެސްޓްމަންޓް އެންޑް އެކްސްޕޯޓް ކްރެޑިޓް (އައިސީއައިސީ) ނުވަތަ އައިސެކް ގައި ރާއްޖެ ބައިވެރިވާން ރުހުން ދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ފާސް ކޮށްފި އެވެ.

އައިސެކަކީ މެމްބަރު ގައުމުތަކަށް ވިޔަފާރީގެ މުއާމަލާތްތައް ފުޅާކޮށް އިންވެސްޓްމަންޓްތަކުގެ ފުރުސަތުތައް ތަނަވަސްކޮށްދޭން މަސައްކަތް ކުރާ ކޯޕަރޭޝަނެކެވެ.

އެގޮތުން ރާއްޖޭ އައިސެކްގައި ބައިވެރިވުމަށް ކޮމެޓީން ފާސްކުރީ ކޮމެޓީ މެމްބަރުންގެ އިއްތިފާގުން ނެވެ.

އައިސެކްގައި ރާއްޖެއިން ބައިވެރިވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި އިތުރު ފައިނޭންސިން ފެސިލިޓީތަކަށް ދޮރު ހުޅުވިގެން ދިއުމާއި ބޭންކް މަސްޓަރީ ޕޮލިސީގެ ދަށުން ނޮން ޕާފޯމިން ހަރުމުދާ މަދު ކުރަން އެހީތެރިކަން ފޯރުކޮށްދޭ ރިސްކް މެނޭޖްމަންޓް ހަރުދަނާ ކުރުން ހިމެނެއެވެ.

އަދި ބޭންކް އޮފް އިންޓަނޭޝަނަލް ސެޓެލްމަންޓް (ބީއައިއެސް) ގެ ކެޕިޓަލް އެޑިއުކްސި ރޭޝިއޯ ރަނގަޅު ކޮށްދިނުމާއި އިސްލާމީ ޝަރީއަތުގެ އޮނިގަނޑާ އެއްގޮތަށް ފައިނޭންޝިއަލް ފެސިލިޓީތައް ތައްޔާރު ކުރަން އެހީވުން ހިމެނެ އެވެ.

އައިސެކްގެ މެމްބަރަކަށް ވާން ރާއްޖެއިން ރަސްމީކޮށް ހުށަހެޅީ 2017 ވަނަ އަހަރު އެވެ. އަދި ރާއްޖޭގެ ހުށަހެޅުމާ ގުޅިގެން އައިސެކްގެ މެމްބަރު ގައުމަކަށް ވުމަށް ސްޓޮކް އޮފް ކެޕިޓަލްގެ ގޮތުގައި 250 ހިއްސާ ސަބްސްކްރައިބް ކުރަން އެ ކޯޕަރޭޝަނުން ވަނީ ފާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355