twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެއާޕޯޓް ތަރައްގީ ބޮޑު ބިމެއް ދޭން ކަންބޮޑުވޭ، މަޝްވަރާކުރަނީ ވީހާވެސް ކުޑަ ބިމެއް ހަމަޖައްސަން: ހަނިމާދޫ ކައުންސިލް

މުޙައްމަދު އަހުމަދު
Jun 24, 2021
1

އެއާޕޯޓުގެ ތަރައްގީކުރަން ބޮޑު ބިމެއް ދޭން ސަރުކާރުން ހުށައަޅަފައިވާ ހުށައެޅުމަށް ހދ. ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާހަގަކޮށްފި އެވެ.

މިދިޔަ މާޗު މަހު ޕްލޭނިން މިނިސްޓްރީން ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ވަނީ ހުށައަޅާފައެވެ.

އެއާއެކު އާއްމުންގެ ނުރުހުން މިކަމަށް އަމާޒުވާން ފެށިއެވެ.އަދި އެކަމާ ދެކޮޅަށް ހަނިމާދޫގެ ކްލަބް ޖަމިއްޔާތަކުން ވަނީ ރައީސް ސޯލިހަށް ޕެޓިޝަނެއް ފޮނުވާފައިވެ އެވެ. "ސޭވް ހަނިމާދޫ"ގެ ނަމުގައި އޮންލައިންކޮށް ގެންދާ ޕެޓިޝަންގައި މިހާތަނަށް 214 މީހުން ސޮއިކޮށްފައިވެ އެވެ.

ނަމަވެސް ހަނިމާދޫ ރައްޔިތުން އަދި އެރަށު ކައުންސިލުން މިވަރުގެ ބިމަކާ ދޭތެރޭ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް 06 ޖޫން 2021 ގައި މިނިސްޓްރީ އޮފްނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށައަޅަފައިވާނެކަމަށް އެރަށު ކައުންސިލުން ނެރުނު ނޫސް ބަޔާނުގައިވެއެވެ.

އަދި އެސިޓީއާއި ހަވާލާދީ ދަންނަވާފައިވާ ދެންނެވުމެއްގައިވަނީ "ހަނިމާދޫ އެއާޕޯޓް ބައުންޑަރީއަށް އިތުރުކުރުމަށް ހަވާލާދީފައިވާ މި މިނިސްޓްރީގެ ސިޓީއިން އެދިލައްވާފައިވާ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ވަރަށް މުހިއްމު ބިމެއްކަން ފާހަގަކުރަމެވެ." އަދި މި ސިޓީގައި ދަންނަވާގޮތުން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ނޮދާން ހެޑްކުއާޓާސް ގާއިމުކުރުމަށް މީގެ ކުރިން 500،000 އަކަފޫޓުގެ ބިމެއް ކަނޑައަޅަފައިވާ ކަމަށެވެ.

"
"ކުރިން ވެސް ދެންނެވި ފަދައިން ހަނިމާދޫ އެއާޕޯޓް ޑިވެލޮޕްމަންޓަށް ހަނިމާދޫ ބިމުން މިނިސްޓްރީން އެ ދަންނަވާ ވަރުގެ ބޮޑު ބިމެއް ބޭނުންވޭތޯ އެދި ދެންނެވުމުން، އެދިލައްވާފައިވާ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އަށް (853،937) އަކަފޫޓުގެ ބިމަކީ ވަރަށް މުހިއްމު ބިމެއްކަން ފާހަގަކޮށް މި ކައުންސިލަށް ވަނީ އަންގަވައިފަ އެވެ. ވީމާ ހަނިމާދޫ ކައުންސިލުން މިހާރު މިނިސްޓްރީއާ މަޝްވަރާކުރަމުން މި ގެންދަނީ އެ ވަރުގެ ބޮޑު ބިމެއް ދިނުމާމެދު ކައުންސިލުން ކަންބޮޑުވާ ކަމަށެވެ. އަދިމިނިސްޓްރީއާއި ވާހަކަ ދައްކަމުން މި ގެންދަވަނީ އެވަރުގެ ބޮޑުބިމެއްނުދީ، ނުވަތަ މިނިސްޓްރީން އެދިލައްވާ ބިން ވީހާވެސް ކުޑަކޮށް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުއަސް އިތުރުކޮށް އެއާޕޯޓުގެ ތަރައްގީގެ މަސްރޫއު ނުހުއްޓި ކުރިއަށް ގެންދިއުމަށް މަޝްވަރާކުރަމުންނެވެ. ނަމަވެސް މި ބިމަށް ވަކިގޮތެއް ނުނިއްމަނީސް ބައެއްފަރާތްތަކުން ދަނީ ވަކިގޮތަކަށް ކައުންސިލުން ނިންމި ކަމައްވެސް ތުހުމަތު ކުރަމުންނެވެ."
ހަނިމާދޫ ކައުންސިލް

މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓުގައި އެއާޕޯޓު ތަރައްގީކުރާނީ އެގްޒިމް ބޭންކު ލޯނުގަ ކަމަށް ވިދާޅުވުމުން ބައެއް މީހުން ބުނީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން އެއާޕޯޓު ތަރައްގީކުރަން އެއުޅެނީ އެތަނުގައި އިންޑިއާ ސިފައިން ބައިތިއްބާ އެއާޕޯޓުގެ ހިންގުން އިންޑިއާ ބަޔަކަށް ދިނުމަށް ކަމަށެވެ.

ނަމަވެސް މިކަމަށް ރައްދުދެއްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެއާޕޯޓުގެ މިލްކުވެރިކަމާއި އެތަން ހިންގުން އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީއަށް ބޮޑު ބިމެއް ހަމަޖައްސައިދޭން ސަރުކާރުން އެދުމުން އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

މިމަޝްރޫއުގައި ސޮއިކުރާނީ އަންނަ މަހު ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފައިވާއިރު އެ ކޮމިޝަނުން މިދިޔަ މަހު އާންމުކުރި ލިޔުމުގައި ބުނީ އަދި މި ކުރިއަށް ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް ކަމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355