twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޮލީވުޑްގެ ބަތަލާ ޕުރިޔަންކާ ޗޯޕްރާ އޭނާގެ މަންމަގެ އުފަންދުވަސް ފާހަގަކޮށްފި

މުޙައްމަދު އަހުމަދު
Jun 29, 2021

ބޮލީވުޑްގެ ބަތަލާ ޕުރިޔަންކާ ޗޯޕްރާ އޭނާގެ މަންމަ މަދޫ ޗޯޕްރާގެ އުފަންދުވަސް ނިއުޔޯކްގެ ސޯނާ ރެސްޓޯރަންޓްގައި ފާހަގަކޮށްފި އެވެ. މިދުވަސް ފާހަގަކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މަދޫގެ އުފަންދުވަސް އޭނާ ވަނީ ޖޫން 16 ގައި ފާހަގަކޮށްފަ އެވެ. ނަމަވެސް ޕުރިޔަންކާ އޭނާގެ މަންމަގެ އުފަންދުވަސް ފާހަގަކޮށްފައި މިވަނީ އޭގެ ދުވަސްކޮޅެއްފަހުންނެވެ. މިހަފްލާގައި މަސައްކަތާ ހެދި ޕުރިޔަންކާގެ ފިރިމީހާ، މަސްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރ ނިކް ޖޯނަސްއަށް ވަނީ ބައިވެރިވެވޭގޮތް ނުވެފަ އެވެ.

މަންމަގެ ބާތްޑޭ ފާހަގަކުރަން ޕުރިޔަންކާ ބާއްވައިފައިވަނީ ކޭންޑަލްލައިޓް ޑިނާއެކެވެ. މި ޑިނާގައި ޕުރިޔަންކާއާ އެކުގައި އޭނާގެ އާއިލާ މީހުންނާއި ރައްޓެހިން ބައިވެރިވެފައިވާއިރު ސަތްރުގަން ސިންހާއަށް ބޮޑުބޭބެ ކިޔާ ޕުރީތީ ސިންހާވެސް ބައިވެރިވެފައިވެ އެވެ. އޭނާވަނީ ޕާޓީގެ އެތެރޭގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ޕާޓީގައި ޕުރިޔަންކާ ލައިގެން ހުރި ހުދުކުލައިގެ ބެކްލެސް ހެދުންވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފަ އެވެ. މިހެދުމުގައި ހުރިއިރު ބަތަލާގެ ރީތިކަން ހާމަވެ އެވެ.

މަންމައަށް ބާތްޑޭ ވިޝްކޮށް އިންސްޓަގްރާމްގައި ޕުރިޔަންކާ ހިއްސާކުރި ޕޯސްޓްގައި ބުނެފައިވަނީ މަންމައަށް އުފާވެރި އުފަންދުވަހަކަށް އެދޭކަމަށާއި އެކީ ބާތްޑޭ ހޭދަ ކުރާކުރުން މަތިން މިސްވާކަމަށެވެ. އަދި އަވަހަށް ފެނުމަށް އެދޭ ކަމަށާއި މަންމަދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ. އަދި އޭނާ ބުނިގޮތަށް މަންމަގެ އުފަންދުވަސް މިވަނީ ފާހަގަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355