twitterviber whatsapp telegramfacebookyoutube instagram
20th March 2026

ކޮވިޑު ޖެހި ރަނގަޅުވިތާ ދެމަސް ނުވާ މީހުންނަށް ކަރަންޓީނުވެ ދަތުރުކުރެވޭ ގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Jun 29, 2021

ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވެފައިވާތާ ދެ މަސް ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލާ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ގޮތަށް ހަދަން ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 2 މަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

އެ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ކޮވިޑްގެ ހާލަތު މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ގޯސްވުމުގެ ކުރިންވެސް ކޮވިޑް ޖެހިފައި ތިބި މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދީފައި އޮތެވެ. ނަމަވެސް ހާލަތު ގޯސްވީމާ އެގޮތަށް ދަތުރުކުރުން ވެސް މިދިޔަ މަހުގެ ތެރޭގައި އަނެއްކާވެސް މެދުކަނޑާލީ އެވެ.

އިތުރަށް އިއުލާންކުރި ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އޮތް ކާފިއު ވަގުތު ކުރުކޮށް، ވިޔަފާރިތައް ހުޅުވާލައި، ކާފިއު ނޫން ގަޑިތަކުގައި ޕާމިޓަކާއި ނުލައި ބޭރުގައި އުޅެވޭނެ ގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355