twitterviber whatsapp telegramfacebookyoutube instagram
10th October 2026

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމަށް އަމީން އިންތިހާބުކުރައްވައިފި

މުޙައްމަދު އަހުމަދު
Jul 1, 2021

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު އިންތިހާބު ކުރައްވައިފި އެވެ. ކޮވިޑާ ހެދި މި ބައްދަލުން ނުބޭއްވި ފަސްވަމުން ދިއުމަށްފަހު މިއަދު ބޭއްވި މި ބައްދަލުވުމުގައި ހުރިހާ މެމްބަރުން ބައިވެރިވެލެއްވި އެވެ.

ނައިބު ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް ޝައުގުވެރިކަންފާޅުކުރެއްވީ އަމީން މުހައްމަދުގެ އިތުރުން ކުރިނބީ ކައުންސިލްގެ ރައީސް އަބުދުﷲ އަސްލަމެވެ.

14 މެމްބަރުން ވޯޓުގައި ބައިވެރިވެލެއްވިއިރު އަމީނަށް ލިބިލެއްވީ 8 ވޯޓެވެ. އަސްލަމަށް ލިބިލެއްވީ 6 ވޯޓެވެ.

މިވަގުތު ހދ އަތޮޅު ކައުންސިލްގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު ކައުންސިލެއްގައި މަސައްކަތްކުރައްވާފައިވަނީ އަމީނެވެ. އޭނާ ވަނީ މިދިޔަ ދެ ދައުރުވެސް ކުމުންދޫ ކައުންސިލްގެ ރައީސް މަގާމު ފުރުއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293