twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނީ އެޕޮއިންޓްމަންޓް އުސޫލުން

ނަބީލާ އިސްމާޢީލް
Jul 4, 2021
1

އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ފަށަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ކުރި އިއުލާނުގައި ބުނީ ދެ ވަނަ ޑޯޒް ޖެހުމުގައި އިސްކަންދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް ކަމަށެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހު ވެކްސިން ޖެހި މީހުން ދެ ވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭ އިން ގުޅަމުން ގެންދާނެ ކަމަށް ބުންޏެވެ.

ކޮވިޝީލްޑަކީ ރާޢްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިނެވެ. އަދި އެއީ ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހާފައިވާ ވެކްސިންނެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން މިފަށަނީ ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.

އެޕޮއިންޓްމަންޓު ލިބޭ ހުރިހާ އެންމެން ވެސް ކަނޑައަޅާފައިވާ ސެންޓަރަށް ގަޑިއަށް ހާޒިރުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. އެއް ޑޯޒް ޖެހި މީހުންގެ އަދަދު އިއްޔެއާ ހަމައަށް ހުރީ 317,244 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 191،725 އަށް އަރަ އެވެ.

ވެކްސިން ޖަހަން ދާ އިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަށާއި ވެކްސިން ކާޑު ގެނައުމަށް އެޗްޕީއޭއިން ހަނދާންކޮށްދެއެވެ.

ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ތެރޭގައި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން އެޗްޕީއޭއިން މީގެ ކުރިން ނިންމި ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފުރަތަމަ ޑޯޒަށްފަހު ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ ޑޯޒް ޖެހޭނެކަމަށާއި އެގޮތަށް ހެދިދާނެކަމުގެ ލަފާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ލިބިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355