twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ވެކްސިން ފުރިހަމަކުރާ ފަރާތްތަކައް ދަތުރުކުރުމަށް ލުއިތަކެއް

ނަބީލާ އިސްމާޢީލް
Jul 7, 2021

ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށްފަހު 14 ދުވަސް ހަމަވުމުން ކަރަންޓީނާ ނުލާ ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭއިން އުސޫލު ބަދަލުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރަންސެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ދެ ޑޯޒު ވެކްސިން ޖަހާފައި 14 ދުވަސް ވުމަށްފަހު މޮނީޓަރިންގައި ނެތް ރަށްރަށަށް ނެގަޓިވް ޕީސީއާރު ޓެސްޓަކާއެކު ދެވޭނެ ކަމަށެވެ. އަދި މިފަދަ ރަށްރަށަށް ދިއުމަށް ކަރަންޓީނު ވާން ނުޖެހޭނެކަމަށް މަބްޜޫކް ވިދަޅުވިއެވެ.

ވެކްސިންގެ 2 ޑޯޒް ހަމަކުރުމަށްފަހު، 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަރަންޓީންވުމަކާއި ނުލައި މޮނިޓަރިންގައި ނެތް ރަށްރަށަށް ނުވަތަ 5 ޕަސަންޓަށްވުރެ ކޮވިޑް ޕޮޒިޓިވް ރޭޓް ރަށްރަށަށް ދިއުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.

ނަމަވެސް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންދަންޖެހޭނެއެވެ. ރަށެއްގައި ޕޮޒިޓިވިޓީ ރޭޓް 5 ޕަސަންޓާއި 10 ޕަސަންޓާއި ދެމެދު ހުރިނަމަ، އެރަށަކަށް ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި 7 ދުވަހުގެ ކަރަންޓީން މުއްދަތަކާއެކުއެވެ. އަދި ރިލީޒް ސާމްޕަލް ނަގަންޖެހެއެވެ. ރަށެއްގައި ޕޮޒިޓިވިޓީ ރޭޓް 10 ޕަސަންޓަށްވުރެ ބޮޑުނަމަ އެރަށަކަށް ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި 14 ދުވަހުގެ ކަރަންޓީން މުއްދަތަކާއެކުއެވެ. މީގެއިތުރުން ރިލީޒް ސާމްޕަލްވެސް ނަގަންޖެހޭނެއެވެ.

އެކަމަކު އެ ލުއި ދިން ނަމަވެސް ރިސޯޓުތަކުން މަހަކު އެއް ފަހަރު އެކްޓިވް ސަވައިލަންސްގެ ގޮތުގައި މަދުވެގެން މުވައްޒަފުންގެ 10 ޕަސެންޓްގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ޖެހެ އެވެ. އަދި އެގޮތަށް މުވައްޒަފުން ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރިސޯޓުތަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355