twitterviber whatsapp telegramfacebookyoutube instagram
28th March 2026

ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ދެލައްކައަށް އަރައިިފި

Jul 8, 2021

އަދަދު ދެލައްކައަށްވުރެ ގިނަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ހަަމަކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެގޮތުން މިހާތަނަށް 206،245 މީހަކު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ އަންގާރަ ދުވަހު އެކަނިވެސް 6،461 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 1،410 މީހަކާއި މާލެއިން ވެކްސިން ދިން 5،051 މީހެކެވެ. ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު އިތުރުވަމުން ދަނީ މާޗް މަހުން ފެށިގެން މެދުކެނޑިފައި އޮތް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފެށުމުންނެވެ.

އަންގާރަ ދުވަހު ވަނީ 213 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 317،762 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ކޮވިޝީލްޑްގެ އާ ސްޓޮކެއް ލިބި ވެކްސިން ޖަހައި ދޭން ފެށީ މީގެ ދެ ތިން ދުވަސް ކުރީންނެވެ. ކޮވިޝީލްޑް ވެކްސިން މިހާރު ޖަހައި ދެނީ ދެވަނަ ޑޯޒް ޖަހަން ޖެހޭ މީހުންނަށް އެކަންޏެވެ. އެ ވެކްސިން ޖަހައިދެނީ ވެސް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވީ މީހުންނަށް ކަރަންޓީނާއި ނުލައި ދަތުރުވެސް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355