twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކުޅުދުއްފުށީގައި ވެކްސިން ޖެހުމަށް ގިނަ ބަޔަކު ބޯވާރޭގައި ކިޔު ދަމާލައިފި، އާންމުން ރުޅިގަދަވެފައި

އަބްދުލް ވާހިދު ޙަސަން
Jul 9, 2021
4

ކުޅުދުއްފުށީގައި ވެހެމުންދާ ބޯވާރޭގައި ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުމަށް ގިނަ ބަޔަކު އުފަން ހިޔާ ސަރަހައްދުގައި ކިޔު ދަމާލައިފި އެވެ. ކޮވިޝީލްޑް ވެކްސިން އަލުން ލިބުމާއެކު މި ހަފްތާ ބުރާސްފަތި ދުވަހު ވަނީ މި ހަފުތާ ބަންދުގައި ދެވަނަ ޑޯޒް ޖަހާނެކަން އިއުލާނުކޮށްފަ އެވެ.

އެގޮތުން މިއަދާއި މާދަމާ ކޮވިޝީލްޑް ވެކްސިން ޖެހުމަށް 500 ކިޔު ނަމްބަރު ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި ހުކުރު ދުވަހު ދޫކުރާނީ 300 ކިޔު ނަމްބަރު އަދި ހޮނިހިރު ދުވަހު ދޫކުރާނީ 200 ނަމްބަރުކަން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިއުލާނުކޮށްފަ އެވެ.

މެންދުރުފަހު ވެކްސިން ޖެހުމަށް ގިނަ ބަޔަކު ކިޔުއަށް އަރަން ފެށިއިރުވެސް ކުޅުދުއްފުއްޓަށް ދިޔައީ ގަދަވަޔާއެކު ވާރޭވެހެމުންނެވެ. އެކަމަކުވެސް ގިނަ ބަޔަކު ވަނީ ކިޔުއަށް އަރާފަ އެވެ. އެގޮތުން އުފަން ހިޔާއިން ފެށިގެން ބަންޑާރަމަގާ ހަމައަށް ވަނީ ކިޔު ދަމާލާފަ އެވެ.

މިކަމާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ކުރަމުންނެވެ. ކޭއޯއާ ވާހަކަދެއްވި ބައެއް މީހުން ބުނީ ރެއިން ފެށިގެން ވިއްސާރަކުރާއިރު މިއަށްވުރެ އިންތިޒާމު ރަނގަޅުވާން ޖެހޭނެ ކަމަށެވެ.

"މިއީ ބޮޑެެތި ހޯލްތައް ހުރި ރަށެއް. ސަރުކާރުގެ މުވައްޒަފުން ތިބި ރަށެއް. ވިއްސާރަވީމަ ކީއްވެ ހޯލަކަށް ބަދަލުނުކުރެވެންވީ. ރައްޔިތުންނަށް ތަކުލީފުނުވާނޭހެން މިކަންކަން އިންތިޒާމުކުރަން ޖެހޭ." ރައްޔިތަކު ބުންޏެވެ.

ވެކްސިން ޖެހުމަށް ބޯވާރެއާ ތެމިފޯވެގެން ގިނަ އެތައް ބަޔަކު ކިޔުގައި ތިބިއިރު އެކި އުމުރުފުރާގެ ގިނަ ބަޔަކު ތިއްބެވެ. ވިއްސާރަ ދުވަސްވަރެއްގައި ބޯހިޔާވާނެ އިންތިޒާމުތަކެއް ނެތި ވެކްސިން ޖަހަން ޖެހުމުން ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355