twitterviber whatsapp telegramfacebookyoutube instagram
20th February 2026

ދަ ވައިޓް ޓައިގާއަށް ވެސް އޮޑިޝަން ދިނިން: ހަރްޝް

ޚަދީޖާ އާދަމް
Jul 10, 2021

ބޮލީވުޑްގެ ކާމިޔާބު ތަރި އަނިލް ކަޕޫރުގެ ހުރި ހަަމައެކަނި ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރް އަކީ ބޮލީވުޑްގައި މާ އެދެވޭ ކާމިޔާބީއެއް ނުލިބި ކެރިއަރެއްވެސް ފެށުމުގެ ކުރިން އޮއްސުނު ތަރި އެކެވެ.

އޭނާގެ ފުރަތަމަ ފިލްމު މިރްޒިޔާއަކީ ފިލްމު ނެރުނު 2016 ވަނަ އަހަރުގެ އެންމެ ބޮޑު ފްލޮޕެވެ. އޭގެ ފަހުން 2018 ވަނަ އަަހަރު ނުކުތް ބަވޭޝް ޖޯޝީ ސުޕަހީރޯއަށްވެސް މާ އެދެވޭ ކާމިޔާބީއެއް ނުލިބުނެވެ. އޭނާ އެންމެ ފަހުން ފެނުނީ ބައްޕަ އަނިލް އަދި ދައްތަ ސޯނަމް ކަޕޫރާއެކު ނެޓްފްލިކްސްއިން ސްޓްރީމްކުރި އޭކޭ ވިއެސް އޭކޭއިންނެވެ.

ދާދި ފަހުން ހަރްޝް ބުނީ އޭނާ ގިނަ ހޮލީވުޑްގެ ފިލްމުތަކަށްވެސް އޮޑިޝަން ދިނިންކަމަށާއި އޭގެތެރެއިން އެއް ފިލްމަކީ ޕްރިންޔަންކާ އަދި ރާޖް ކުމާރު ފެނުނު ކާމިޔާބު ފިލްމު ދަ ވައިޓް ޓައިގާއެވެ.

އޭނާ އޮޑިޝަން ދިނީ ރާޖްކުމާރު ކުޅުނު އަޝޯކް ޝާހް ގެ ރޯލަށެވެ. އެގޮތުން އެ ރޯލު އޭނާއަށް ލިބުނުު ކަމަށްވެސް ބުންޏެވެ. ނަމަވެސް ލީޑް ބަތަލާއަށް ޕްރިޔަންކާ އައުމުން ފިލްމު އުފައްދާ ފަރާތްތަކުން ބޭނުންވީ ތަންކޮޅެއް ހަރު އެކްޓަރެއް އެ ރޯލަށް ލުމަށެވެ. ސަބަބަކަށް ވީ ހަރްޝްއަކީ އުމުރުގެ ގޮތުންވެސް ވަރަށް ހަގު މީހަކަށްވުމެވެ.

އޭނާ ބުނީ ހޮލީވުޑްގައި މަސައްކަތް ކޮށްލަން ލިބިއްޖެނަމަ ވަރަށް އުފާވާނެކަމަށާއި އެއީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އޭނާ ބުނީ އެކަން ކާމިޔާބުކުރަން ބޭނުމީ އޭނާގެ އަމިއްލަ މަސައްކަތުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355