twitterviber whatsapp telegramfacebookyoutube instagram
20th February 2026

ޝަނާޔާގެ އެންމެ ފަހުގެ ފޮޓޯ ޝޫޓާއެކު ގިނަ ބައެއްގެ ތައުރީފު

ޚަދީޖާ އާދަމް
Jul 11, 2021

ދެން އެންމެ އަވަހަށް ބޮލީވުޑަށް ތައާރަފް ވަނީ ކުރީގެ ތަރި ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރުއެވެ. އޭނާއަކީ މިހާރުވެސް ހަބަރުތަކުގައި މަޝްހޫރު ނަމެކެވެ.

އޭނާގެ އެންމެ ފަހުގެ ފޮޓޯ ޝޫޓްގެ ފޮޓޯތައް އިންސްޓަގްރާމަށް އަޅާލާފައެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ފޮޓޯތަކަށް ކޮމެންޓްކޮށް ތައުރީފުކޮށްފައެވެ.

ފޮޓޯއަށް ކޮމެންޓްކުރި މީހުންގެ ތެރޭގައި ޝަނާޔާގެ އެންމެ ގާތް އެކުވެރިޔާ ސުހާނާ ޙާންއާއި ޝަނާޔާގެ ދެބެންގެ ދެދަރި ކޮއްކޮ ޚުޝީ ކަޕޫރް ހިމެނެއެވެ. ޝަނާޔާއަކީ އޭނާގެ ދިރިއުޅުމުގެ އެކި ކަންކަން ޝޯޝަލް މީޑިއާގައި އާންމު ކުރާ ވަރަށް އެކްޓިވް ތަރިއެކެވެ.

ޝަނާޔާ ބޮލީވުޑަށް ތައާރަފް ކުރުމުގެ ޒިންމާ ނަގާފައިވަނީ ކަރަން ޖޯހަރެވެ. އެހެންކަމުން އޭނާ ބޮލީވުޑަށް ނުކުންނާނީ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކުންނެވެ. ޝަނާޔާ ވަނީ އޭނާގެ ދެބެންގެ ދެދަރި ދައްތަ ޖާންވީ ކަޕޫރް ކުޅުނު "ގުންޖަން ސަކްޝޭނާ: ދަ ކަރްގިލް ގާލް" ގެ އެސިސްޓެންޓް ޑައިރެކްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355