twitterviber whatsapp telegramfacebookyoutube instagram
8th December 2025

ފުރަތަމަ ފަހަރަށް ސައިފްއާއި ރިތިކް އޮން ސްކްރީނަށް

ޚަދީޖާ އާދަމް
Jul 11, 2021
2

2017 ވަަނަ އަހަރު ނެރުނު ކާމިޔާބު ތެލަގޫ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރީމޭކަށް ސައިފް އަލީ ޚާންއާއި ރިތިކް ރޯޝަން ހަމަޖައްސައިފި އެވެ.

މިއީ މި ދެތަރިން އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. މި ދެތަރިންވެސް ފިލްމުގައި ފެންނާނީ ލީޑް ރޯލުންނެވެ. ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހެވެ.

މި ފިލްމުގެ ހިންދީ ރީމޭކް ހަދަނީ ނީރަޖް ޕާންޑޭ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ފްރައިޑޭ ފިލްމުވޯކްސް ކޮމްޕެނީގެ ދަށުންނެވެ.

ވިކްރަމް ވޭދާގެ އޮރިޖިނަލް ފިލްމުން ފެނިގެން ގޮސްފައިވަނީ އާރު މާދަވަން އާއި ވިޖޭ ސަތުޕަތީއެވެ. އެގޮތުން ފިލްމުގައި މާދަވަން ކުޅެފައިވަނީ ވިކްރަމް ނަމަކަށް ކިޔާ ފުލުހެއްގެ ރޯލެވެ. އަދި ވިޖޭ ކުޅުނީ ގޭންސްޓަރ ވޭދާ ގެ ރޯލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355