twitterviber whatsapp telegramfacebookyoutube instagram
3rd December 2025

ރެވެނިއު ސްޓޭމްޕް ޖެހުން އުވާލައިފި

ނަބީލާ އިސްމާޢީލް
Jul 11, 2021

އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލް ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމެޓީން ނިންމި ގޮތަށް މަޖިލީހުން ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު އުވާލުމުގެ ބިލު މިއަދު ތަސްދީގުކުރެއްވުމާއެކު ރާއްޖޭގައި ރަސްމީ ލިޔެކިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމާ ބެހޭ ކަންކަން އުވުނީއެވެ.

ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓަލުމަށް މަޖިލީހަށް ހުށައެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު ޢަލީ އާޒިމެވެ. އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން 1970ވަނަ އަހަރުން ފެށިގެން އަންނަނީ ރެވެނިޔު ސްޓޭމްޕު ޖަހަމުންނެވެ.

ރެވެނިއު ސްޓެމްޕު ޖެހުން ހުއްޓާލުމަށް ބިލު ހުށައަޅުއްވާފައިވަނީ ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަަަކަށް ނުވާތީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355