twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކުނިކޮށިން ކަޅުވެލި ހިލޭ ދޫކުރަން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jul 12, 2021

ކުޅުދުއްފުށީ ކުނިކޮށިން ފުރާނައިން ނެގި ކަޅުވެލިތައް ރައްޔިތުންނަށް ހިލޭ ދޫކުރަން ފަށައިފި އެވެ. ކުނިކޮށިން ފުރޭނި ވެލިތައް ހިލޭ ދޫކުރަން ނިންމީ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުނިކޮށިން ކަޅުވެލި ދޫކުރަން އަލުން ފެށިފައިވާ ކަމަށާއި ވެލި ދޫކުރަން ހަމަޖެހިފައިވަނީ 6:00 - 18:00 ދެމެދު ކަމަށެވެ.

މިވަގުތުތަކުގައި ކަޅުވެލި ނެގުމަށް ކައުންސިލްގެ އިތުރު ހުއްދައެއް ބޭނުމެއް ނުވާނެ ކަމަށެވެ.

ކައުންސިލުން ބުނީ ވެލިގެންދަން ވާނީ ކުނިކޮށި ހުސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ވެމްކޯ ސްޓާފުންގެ ބެލުމުގެ ދަށުން ކަމަށާއި ވެލި ނަގަން ހަމަޖެހިފައިވަނީ ގޯތި ނުވަތަ ބަރޯ ފަދަ ތަކެތީގައި އަމިއްލައަށް ވެލި ބަރުކޮށްގެން ގެންދާގޮތަށް ކަމަށެވެ.

ކުނިކޮށިން ވެލިގެންގޮސް މަގުތަކަށާއި އާންމު އެއްވެސް ތަނެއްގައި ބެހެއްޓުން ކައުންސިލުން ވަނީ މަނާކޮށްފަ އެވެ. ކުރީގެ ކައުންސިލުން ނިންމައިގެން ކުރިން އެތަނުން ކަޅުވެލި އާންމުންނަށް ދޫކޮށްފައިވަނީ އަގަށެވެ.

ކުރީގެ ކައުންސިލުން އަގު ނަގައިގެން ކަޅުވެލި ދޫކުރިކުރުން މެދުކަނޑާލައި އާ ކައުންސިލުން އެތަނުން ހިލޭ ކަޅުވެލި ދޫކުރަން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި އާންމު ބައްދަލުވުމުގައި އެވެ. އެތަނުން ނަގައި ކަޅުވެލި ހިލޭ ދޫކުރުމަށް ހުށަހެޅީ ކައުންސިލަރު މުހައްމަދު ދާއޫދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355