twitterviber whatsapp telegramfacebookyoutube instagram
3rd July 2025

ރިޕޯޓުގައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން އެންއެސްސީއާއެކު މަޝްވަރާކޮށްފި

ޚަދީޖާ އާދަމް
Jul 13, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން ތައްޔާރުކުރި ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ, ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއެކު މަޝްވަރާ ކުރައްވައިފި އެވެ.

އެ ރިޕޯޓާ ގުޅޭގޮތުން ނެޝަލަން ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވަނީ އިއްޔެ އެވެ.

އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް އެ ކަންކަން އިޞްލާޙުކުރުމުގައި ޢަމަލުކުރާނީ ކިހިނެތްތޯއާއި، އެ ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން އެކުލަވާލި ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓު އާންމުކޮށްފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި އެ ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވަނީ މިމަހު 11 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355