twitterviber whatsapp telegramfacebookyoutube instagram
5th July 2025

އޮޑިޓާ ޖެނެރަލް ކަމަށް ނިޔާޒީ އައްޔަން ކުރައްވައިފި

ޚަދީޖާ އާދަމް
Jul 13, 2021

އޮޑިޓާ ޖެނެރަލްގެ މަގާމަށް ގ. އައިފާ، ހުސައިން ނިޔާޒީ މިއަދު އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނިޔާޒީ އަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ހުސައިން ނިޔާޒީ އަކީ 18 އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޮޑިޓް އޮފީހުގެ އެކިއެކި މަގާމުތަކުގައި މަސައްކަތް ކުރެއްވި އިރު ފާއިތުވެދިޔަ ނުވަ އަހަރު އޭނާ ހުންނެވީ އެސިސްޓަންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގަ އެވެ.

ނިޔާޒީ އޮޑިޓާ ޖެނަރަލްގެ މަގާމަށް އައްޔަންކުރަން ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަގާމަށް ނިޔާޒީ އައްޔަން ކުރަން މަޖިލީހުގެ 63 މެންބަރުންގެ އިއްތިފާގުން ރުހުން ދިނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މެއި 12 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355