twitterviber whatsapp telegramfacebookyoutube instagram
17th June 2026

އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން: ނަޝީދު

މުޙައްމަދު އަހުމަދު
Jul 13, 2021
4

އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ދިވެހި ރާއްޖެ ސަލާމަތްކުރުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރއްވި ޓްވީޓެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކޭ ގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ. އަދި އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކޮށް، މިއުޒިކް ހަރާމް ނުކުރާ އަދި ކީރިތި ރަސޫލާއަށް ފުރައްސާރަނުކުރާ އިއްތިހާދެއް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމާ އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް. ރާއްޖެ އަފްޢާނިސްތާނުގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ." ބޮމުގެ ހަމަލާއިން ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ކުރެއްވި ޓްވީޓެއްގައިވެ އެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެމީހުންގެ އެހީއަށްވެސް އެދޭނެ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރައީސް ނަޝީދު ދައްކާފައިވާ ވާހަކަތަކަށް ބަލާލުމުން ހާމަވަނީ ނަޝީދު ބޭނުންފުޅު ވަނީ އެމްޑީޕީ އާއި ޕީޕީއެމް އެކުގައި އިއްތިހާދެއް އެކުލަވާލަން ކަމަށެވެ. މިހެން ނަޝީދު ވިދާލުވެފައިވާއިރު އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އޮތް ސިޔާސީ ގުޅުންވެސް ކަނޑާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355