twitterviber whatsapp telegramfacebookyoutube instagram
12th May 2026

އާބާދީގެ 50 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފި

ޚަދީޖާ އާދަމް
Jul 14, 2021

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 50 ޕަސަންޓު މީހުން ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން ފުރިހަމަކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ރާއްޖެއިން ޖުމްލަ 242،370 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. އޭގެ ތެރެއިން 6،755 މީހަކު ވަނީ އިއްޔެ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 3،556 މީހުންނާއި އަތޮޅުތެރެއިން 3،199 މީހެކެވެ.

ރާއްޖޭގައި މިހާރު އާންމުކޮށް ޖަހަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިން އަދި ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިނެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް އެ ވެކްސިން މެއި މަހުގެ ތެރޭގައި ހުސްވުމާއި ގުޅިގެން ގިނަބަޔަކު ތިބީ ވެކްސިން ފުރިހަމަ ނުކުރެވި އެވެ. ސިނޮފާމް ވެކްސިން ދޭން ފެށީ އެއަށްފަހު އެވެ.

ނަމަވެސް މި ޖުލައި މަސްތެރޭ ހެޔޮ އެދޭ ފަރާތަކުން ވަނީ ކޮވިޝީލްޑުގެ 60،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެއާއެކު އަނެއްކާވެސް ވެކްސިން ޖަހާ މީހުންގެ އަދަދު މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355