ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވި ވަގުތު އެ މަނިކުފާނު އިސްތިއުފާއަށް ގޮވައި އިދިކޮޅު ފަރާތްތަކުން އެއާޕޯޓް ސަރަހައްދުގައި އިހުތިޖާޖުކޮށްފި އެވެ.
ރައީސް ސޯލިހް އިންނެވި ފްލައިޓް ރަންވޭ ޖެއްސުމާއެކު މުޒާހަރާގައި ބައިވެރިން ވަނީ އެ މަނިކުފާނުގެ އިސްތިއުފާ ގޮވައި ވަނީ އަޑުގަދަކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މި އިހްތިޖާޖުގައި މައިގަނޑު ތިން ބެނާއެއް ގެންގުޅުނުނެވެ. އެ ބެނާތަކުގައި ހުރީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ސޯލިހް އިސްތިއުފާއަށް ގޮވާލައި ލިޔެފަ އެވެ.
މީގެ އިތުރުން އިންޑިޔާ އައުޓް ލިޔެފައިހުރި ބެނާއެއްވެސް އިހްތިޖާޖުގެ ބައިވެރިން ގެންގުޅުނެވެ. ރައީސް އިންނެވި ޕްލައިޓް ރަންވޭގައި ޖެއްސުމުން އެ މަނިކުފާނަށް ފެންނަ ހެން އެ ބެނާތައް ވަނީ ދަމާފަ އެވެ. އަދި އަޑުގަދަކުރާއިރު އެ މަނިކުފާނުގެ އިސްތިއުފާއަށް ގޮވާފައިވެސް ވެ އެވެ.
އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބެލުމަށްޓަކާ ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވި އެވެ. މި އިހްތިޖާޖުގައި ކުރިއަށްގެންގޮސްފައިމިވަނީ އެކަން ނުކުރުމަށް ފުލުހުން އެދިފައިވަނިކޮނެވެ.
ރައީސްގެ ދެ ކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މޭޔަރު މުހައްމަދު އާތިފެވެ. އަދި ކައުންސިލް މެމްބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ ވެރިންނެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރުންނާއި ރީޖަނަލް ހޮސްޕިޓަލްގެ ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ސޯލިހް ހދ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ މި ދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ކުމުންދޫ އަށާއި ހަނިމާދޫއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.