twitterviber whatsapp telegramfacebookyoutube instagram
20th February 2026

ކްރިތީގެ "މިމީ" މިމަހު 30 ގައި ނެޓްފްލިކްސްއަށް

ޚަދީޖާ އާދަމް
Jul 18, 2021

ކްރިތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހު 30 ވަނަ ދުވަހު "މިމީ" އިންނެވެ. ކޮވިޑާއި ގުޅިގެން ފިލްމު ރިލީޒް ނުކުރެވި ދިގުލައިގެން ދިއުމާއި ގުޅިގެން ޑިޖިޓަލް ޕްރިމިއާއަށް ދާ ނިންމާ ފިލްމު ދޫކޮށްލީ ނެޓްފްލިކްސްއަށެވެ.

މި ފިލްމުގެ ޕަރަމް ސުންދަރީ ލަވަ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު ލަވާގައި ފެނިގެންދާ ކްރިތީގެ ނެށުމަށް ދަނީ ތައުރީފް އޮހެމުންނެވެ. މިއީ މިހާތަނަށް ފެނުނު ކްރިތީގެ އެންމެ ތަފާތު ޕާފޯމެންސް އެވެ.

ފިލްމުގައި ކްރިތީގެ ރޯލަކީ ވަރަށް ތަފާތު އަދި ޗެލެންޖިން ރޯލެއްކަމަށް މީގެ ކުރިން ކްރިތީ ވަނީ ބުނެފައެވެ. އެގޮތުން ރޯލަށް ފިޓްވުމަށް އޭނާވަނީ 15 ކިލޯ ބަރުވެސް ވެފައެވެ.

ފިލްމުގައި ފެނިގެންދަނީ ރަށްފުށުގެ ޒުވާން އަންހެނުން ކުއްޖަކު އެކްޓަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ރުފިޔާ ހޯދުމަށް ފެމަފިރިއެއްގެ ސަރޮގޭޓަކަށް ވާ ފަހުން އެ ދެމަފިރިން ދަރިފުޅު ބޭނުން ނުވެ އެބޯޓްކުރުމަށް ބޭނުންވުމުން ދެން ދިމާވާ ކަންތައްތަކެވެ. ކްރިތީއާއެކު ފިލްމުގައި ދެން ފެނިގެންދަނީ ޕަންކަޖް ތިރްޕަތީއެވެ.

ކްރިތީގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ހަމްދޯ ހަމާރޭ ދޯ، ބައްޗަން ޕާންޑޭ އަދި އާދިފުރުޝް ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355