twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަނިމާދޫ އެއާޕޯޓް ޕުރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކައުންސިލާ ރައްޔިތުންގެ އެއްބާރުލުން މުހިންމު: ރައީސް

މުޙައްމަދު އަހުމަދު
Jul 18, 2021

ހަނިމާދޫގައި ތަރައްގީކުރާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހާއްސަކޮށް މުޅި ބޮޑު ތިލަދުންމަތީގެ ތަރައްގީއަށާއި، ފަތުރުވެރިކަމުގެ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫއެއްކަމަށާއި އެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމުގައި ހަނިމާދޫ ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދިއުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް އިތުރަށް ބޮޑު ބިމެއް ދޭން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ކައުންސިލާއި އެރަށުގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ. އަދި އެހާ ބޮޑު ބިމެއް ދިނުމާ ދެކޮޅަށް ބައެއް ކުލަބު ޖަމިއްޔާތަކުން އިސްވެ ވަނީ ޕެޓިޝަނެއްވެސް ރައީސްއަށް ހުށަހަޅާފަ އެވެ.

ރައީސް ސޯލިހް، ހދ އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހު ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަ ކުރެއްވި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާއި ހިއްސާ ކުރައްވައި އެކަންކަމާ ގުޅޭގޮތުން ކައުންސިލަރުންނާ މަޝްވަރާކުރައްވާ، ހައުސިންގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ހިމެނޭކަންފާހަގަކުރައްވާފަ އެވެ.

ސިއްހީ ދާއިރާއިން 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ޓެންޑަރ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށާއި އަދި މި ނޫންވެސް ހަނިމާދޫގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ބައެއް ޕްރޮޖެކްޓްތައް ވެސް ރައީސް ވަނީ އިތުރަށް ފާހަގަކުރައްވާފަ އެވެ.

ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވެސް މިބައްދަލުވުމުގައި ބައިވެރިވެފައިވެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންތައްތަކަށް ބަލާލާއިރު އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ސްކޭންގެ ހިދުމަތް ބޭނުންވާކަމަށާއި އަދި، އަންހެނުންނާއި ޒުވާނުންނަށް ވޮލީ ކޯޓެއް ހުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކޮމިޓީން ކުރިއަށްގެންދާ މަސައްކަތްތަކާ ޕްރޮގްރާމްތަކުގެ މައުލޫމާތުވެސް ރައީސްއާ ހިއްސާކުރެއްވި އެވެ.

ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންކަމާގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ހަނިމާދޫ ކައުންސިލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ހަނިމާދޫގައި ތަރައްގީކުރަން ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަސްކުރަން ބޭނުންވާ ވާހަކަ އެވެ. އަދި އެއާޕޯޓާ ގުޅިގެން އެކި ގޮތްގޮތުން ރަށަށް ލިބޭނެ ކުރިއެރުންތައް ވެސް ކައުންސިލުން ފާހަގަކުރި އެވެ.

ހަނިމާދޫގައި މިހާރުވެސް ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއެކު އެރަށަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވައި ކައުންސިލަރުން ވަނީ ބޯހިޔާވަހިކަމާއި ބޭހޭގޮތުންނާއި، ސިއްހީ ހިދުމަތާއި، މަގުހެދުމާއި، ދަތުރުފަތުރުގެ ދާއިރާ އަދި، ޔޫޓިލިޓީޒްގެ އިތުރުން ތައުލީމީ ދާއިރާއިންނާއި އިޖްތިމާއީ ކުރިއެރުމުގެ ދާއިރާއިން އިތުރަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355