twitterviber whatsapp telegramfacebookyoutube instagram
28th March 2026

އީދު ބަންދުގައި ހޯމް ކަރަންޓީނު ހިދުމަތްދޭ ދުވަސްތައް ކައުންސިލުން އާންމުކޮށްފި

މުޙައްމަދު އަހުމަދު
Jul 19, 2021

އީދު ބަންދުތެރޭ ހޯމް ކަރަންޓީން ރިކުއެސްޓްގެ ހިދުމަތްދޭ ދުވަސްތައް ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ކުރި އިއުލާނުގައިވާގޮތުން އީދު ބަންދުގައި ކައުންސިލުން ދޭ ހިދުމަތްތައް މެދުކެނޑިފައިވީ ނަމަވެސް ހޯމް ކަރަންޓީނު ވާގޮތަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ކަރަންޓީނުވާ ގެތައް ޗެކްކުރުމާއި ރިކުއެސްޓްތައް ޕުރޮސެސްކުރުން ކުރިއަށްދާނެ ކަމަށެވެ.

ދަތުރުކުރަން ބޭނުންވާ ދުވަހުގެ 5 ދުވަސް ކުރިން ހުރިހާ ބޭފުޅުން ވެސް ދަތުރުކުރަން ރިކުއެސްޓްކުރަން ސަމާލުކަން ދިނުމަށް ކައުންސިލުން އެދިފައިވެ އެވެ. ނަމަވެސް މި އުސޫލުން 18 ޖުލައި 2021 އާއި ހަމައަށް ކޮށްފާއިވާ ހުރިހާ ރިކުއެސްޓެއް އިސްތިސްނާވާނެ ކަމަށާއި ޕުރޮސެސް ކުރެވޭނެ ކަމަށް ކައުންސިލުން ނެރުނު އިއުލާނުގައިވެ އެވެ.

ރިކުއެސްޓްތައް ޕުރޮސެސްކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖުލައި މަހުގެ 18، 21، 24 އަދި 29، މި ތިން ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355