twitterviber whatsapp telegramfacebookyoutube instagram
2nd May 2026

އެމްޓީސީސީއަށް ދެވަނަ ކުއާޓާގައި 63 މިލިއަން ރުފިޔާގެ ފައިދާއެއް

ޚަދީޖާ އާދަމް
Jul 22, 2021

މިއަހަރުގެ ދެވަނަ ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާއާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރަށް ބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީވެސް ވަނީ ދެ ގުނައަށް އިތުރުވެގެން ގޮސްފައެވެ.

އެމްޓީސީސީ އިން އާންމުކުރި ކުއާޓާލީ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ އެންމެ 15 މިލިއަން ރުފިޔާއެވެ. އަދި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 248 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ މި މުއްދަތުގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވެއެވެ.

މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވ ކޮވިޑް19 ބަލިމަޑުކަމާއެކު އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އެމްޓީސީސީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެގެން ގޮސްފައެވެ. ނަމަވެސް މި އަހަރު އަލުން އާންމު ހާލަތަކަށް ރުޖޫއަ ވަމުން ދިޔުމުގެ މަސައްކަތް ފެށިފައިވާއިރު އެ ކުންފުނީގެ މަސައްކަތްތައް ވެސް އަންނަނީ ހަލުވި މިނެއްގައި ކުރަމުންނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް 77 މަސައްކަތެއް އެމްޓީސީސީ އާ ހަވާލުކުރެވި އަންނަނީ ހިންގެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355