twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދެވަނަ ދަރިފުޅަށް ނަން ދޭން ބޭނުންވަނީ ބައްޕަ: އަންގަދް

ޚަދީޖާ އާދަމް
Jul 24, 2021

އަނބިމީހާ ނެހާ ދުޕިޔާ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން އެކްޓަރު އަންގަދް ބޭދީ އިއުލާން ކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު މެހެރްއަށް މިހާރު ދެ އަހަރެވެ.

އަންގަދް ބުނީ ދެވަނަ ދަރިފުޅަށް ކިޔާނެ ނަމެއް އަދިވެސް ފާސްނުވާކަމަށެވެ. ބޭނުންވަނީ އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ބިޝަން ސިންގް ބޭދީ ބޭނުންވާ ނަމެއް ދަރިފުޅަށް ދޭންކަމަށްވެސް އަންގަދް ބުންޏެވެ.

ފުރަތަމަ ދަރިފުޅު މެހެރްގެ ނަމަކީވެސް ބައްޕަގެ ފަރާތުން ލިބުނު ނަމެއްކަމަށާއި އެނަން ނެހާއަށް ކަމުދިއުމުން ދަރިފުޅަށް ކީ ކަމަށެވެ.

ނޭހާ (40އ) އާއި އަންގަދް (38އ) ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު މެއި 10 ގައެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު މެހެރް ލިބުނީ އެ އަހަރު ނޮވެމްބަރު 18 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355