twitterviber whatsapp telegramfacebookyoutube instagram
16th April 2024

ރައީސް ނަޝީދަށް ހަމަލާ ދިނީ ތިން ފަހަރު މަސައްކަތް ކޮށްގެން

ނަބީލާ އިސްމާޢީލް
Jul 24, 2021

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިނުމަށާއި، އެމަނިކުފާނު އަވަހާރަކޮށްލުމަށް 3 ފަހަރު މަސައްކަތް ކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، މި ހަމަލާ ދިނުމަށް 3 ފަހަރު މަތިން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އެގޮތުން ޖާނުންފިދާވެގެން ހަމަލާ ދިނުމަށް މަސައްކަތް ކުރި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. އެންމެ ފުރަތަމަ ޙަމަލާ ރާވާފައިވަނީ ޔާގޫތު ސަރަހައްދުގައެވެ.

ދެވަނަ ފަހަރަށް ހަމަލާ ދޭން ރޭވީ ރައީސް ނަޝީދު ކަސްރަތަށް ނުކުންނަވާއިރު، މޭރީ ބްރައުން ރެސްޓޯރަންޓު ސަރަހައްދުގައެވެ. ނަމަވެސް އެކަމުގައި ދަތިތަކެއް ހުރުމުން 3 ވަނަ ފަހަރަށް ހަމަލާ ރޭވީކަން އޭސީޕީ މުހައްމަދު ރިޔާޒު ފާހަގަ ކުރެއްވިއެވެ. ރިޔާޒް ވިދާޅުވީ، ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލަކީ 2019 ވަނަ އަހަރު ގަނެފައިވާ ސައިކަލެއް ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އެންމެ އިސްކޮށް އުޅުނު އެކަކު އައްޑޫސިޓީންވެސް ހައްޔަރު ކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމް އައްޑޫސިޓީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އޭނާއަކީ ޙަމަލާގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރެއިން އެކަކު ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އޭނާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ އެ ޝުއޫރު ފާޅު ކޮށްފައިވާ މީހެއްކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ހަމަލާ ރާވައި ހިންގުމުގައި އަމަލީ ގޮތުން އިސް ދައުރެއް އަދާކުރި ކަމުގެ ތަހުމަތުކޮށް މ. ކުދެހިގޭ, އިސްހާގު ގެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355