ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހއ އަތޮޅުން ދ އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މިއަދު ހެނދުނު 10:30 އިން ހަވީރު 15:00 އަށް ހއ އާއި ދ އަތޮޅާ ދެމެދު ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކުރާ ކަމަށް އެއިދާރާއިން ބުނެފި އެވެ.
މިއަދު ފަތިހު 5:30 ން ފެށިގެން ހެނދުނު 10:30 އާ ހަމައަށް ހއ އަތޮޅުން ރ އަތޮޅަށް ވެސް ވަނީ ހުދު ސަމާލު ނެރެފަ އެވެ.