އަމިއްލަ މަސައްކަތުން ބޮލީވުޑްގައި ފައިތިލަ ސާބިތުކުރި އެއް ތަރިއަކީ ކްރިތީ ސެނޮންއެވެ. މިހާތަނަށް އެކިކަހަލަ ރޯލުތަކުން ފެނިގެން ގޮސްފައިވާ ކްރިތީ އެންމެ ތަފާތުއެއް ޕާފޯމެންސަށް ފިލްމު ރާބްތާގައި އޭނާ އަދާކޮށްފައި ރޯލުވެގެންދާނެ އެވެ.
ފިލްމުގައި ދެ ދުވަސްވަރެއް ފެނިގެންދާއިރު ފިލްމުގައި ފުރަތަމަ ކްރިތީ ފެންނަނީ މިޒަމާނުގެ އަންހެން ކުއްޖެއްގެ ގޮތުގައިއެވެ. ފިލްމުގައި ކްރިތީއާއެކު ދެން ފެންނަނީ އެކްޓަރު ޝުޝާންތް އަދި ޖިމް ޝަރްބެވެ.
މިއީ ހިންދޫން ގަބޫލްކުރާ ޕްނަރް ޖަނަމް ނުވަތަ ޕާސްޓް ލައިފްގައި ހިނގާފައިވާ ހަދިސާތަކެއް ދައްކުވައިދޭ ފިލްމެވެ. އެގޮތުން ކްރިތީ ބުނީ ޕާސްޓް ލައިފްގެ މަންޒަރުތައް ދައްކުވައިދޭ ޝޫޓިންއެއް ކުރިއަށް ދިޔައިރު އޭނާ ކެރެކްޓާގެ ތެރެއަށް ރަނގަޅަށް ވަނުމަށްޓަކައި ޑައިރެކްޓައި ދިނޭޝް އެކްޓްފަށަން އިރުޝާދު ދިނުމުގެ ކުރިން ވަރަށް ބާރަށް ހަޅޭލައިގަތިން ކަމަށެވެ.
އެއަށްފަހު ޝޫޓިންނައިގެން ކުރިއަށް ދިޔަކަމަށާއި އޭނާފަހުން އެކަމާ ނުވިސްނާ ކަމަށެވެ. އެ ޝޮޓަކީ ޖިމްއާއެކު ނެގި ޝޮޓެއްކަމަށް އޭނާ ބުންޏެެވެ. ޝޫޓިން ނިންމާލުމުން ދިނޭޝްއައިސް އެގޮތަށް ހަޅޭލައިގަތުމުން ކްރޫގެ އެންމެން ހީކުރީ ކްރިތީ ޖިންނި މޮޔަވީކަމަށާއި ވަރަށް ހާސްވި ކަމަށް ކްރިތީ ކައިރީ ބުނިކަމަށް އޭނާ ބުންޏެެވެ.
ކްރިތީ ބުނީ ފަހުން ޝޫޓިން ކުރިއަށް ގެންދިޔަ ސަރަހައްދާ މެދުވެސް ވިސްނާލެވުން ކަމަށާއި އެއީ ވަރަށް ކުރީގެ ގަނޑުވަރެއްކަހަލަ ތަނެއްކަމަށެވެ. އެ ސަރަހައްދުގެ ގޮތުންވެސް ޖިންނި މޮޔަވީކަމަށް ހީކޮށް ހާސްވާނެކަން ވިސްނުނުކަމަށެވެ. ފުރަތަމަ އެންމެން ހާސްވި ނަމަވެސް ފަހުން މަޖާވެގެން އެންމެން އެވާހަކަ ދެއްކި ކަމަށް ކްރިތީ ބުންޏެވެ.