twitterviber whatsapp telegramfacebookyoutube instagram
5th May 2024

ތަރައްގީގެ ޕްލޭން އެކުލަވާލުމަށް އާންމުން ހިޔާލު ހޯދުމަށް ކުޅުދުއްފުށީ ކައުންސިލުން ކުލަބު ހައުސަށް

ޚަދީޖާ އާދަމް
Jul 28, 2021
3

ކުޅުދުއްފުށި ސިޓީގެ ތަރައްގީގެ ޕުލޭން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލުމަށް އާންމުން ހިޔާލު ހޯދުމަށް ސިޓީ ކައުންސިލުން ބައްދަލުވުންތަކެއް ބާއްވަން ނިންމައިފި އެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކްލަބްހައުސް މެދުވެރިކޮށެވެ. މި ބައްދަލުވުންތައް ކައުންސިލްގެ ފޭސްބުކް މެދުވެރިކޮށް ލައިވްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 10 ދާއިރާއަކުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް އެ ކައުންސިލުން ވަނީ ނިންމާފައެެވެ. އެ ދާއިރާތަކަކީ:

- އިޖްތިމާއީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން

- ސިއްހަތު ރަނގަޅު ދުޅަހެޔޮ ދިރިއުޅުން

- ސަގާފަތާ ތަރިކަ ރައްކާތެރިކުރުން

- ވިލުންތެރި މުޖުތަމައެއް ކަށަވަރުކުރުން

- މިންތީގެ ހަމަހަމަަކަން

- ފެންވަރު ރަނގަޅު ތައުލީމާ ހުނަރު

- އިގްތިޞާދު ކުރިއެރުވުމާއި ވަޒީފާ އިތުރުކުރުން

- އަމާން ވެއްޓެއް ގާއިމްކުރުމާއި ގާނޫނީ ހުކޫމާތު ދެމެހެއްޓުން

- އަސާސީ ހިދުމަތްތަކާއި ރަށްވެހި ހިދުމަތްތައް ފޯރުކޮށްދިނުން

- ހިންގުން ހަރުދަނާކުރުމާއި އިދާރީ ކަންކަން ބެލެހެއްޓުން

ފުރަތަމަ މަޝްވަރާ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު މިރޭ މަޝްވަރާކުރުމަށް ހަމަޖެހިފާ ދާއިރާއަކީ "ފެންވަރު ރަނގަޅު ތައުލީމާއި ހުނަރު" އެވެ.

އެގޮތުން އެ ދާއިރާއާ ބެހޭގޮތުން މަޝްވަރާކުރުމަށް 6 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އެއީ:

- ރަނގަޅު ޕްލޭ ސްކޫލްގެ ހިދުމަތް ފޯރުކޮށްދިނުން

- ބޮޑެތި މީހުންގެ ތައުލީމު އަދި ފަންނީ ފެންވަރު މަތިކުރުން

- ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުން

- ގައިޑް، ސްކައުޓް، ބޭންޑް ފަދަ ޔުނިފޯމް ބޮޑީސް މެދުވެރިކޮށް ދަރިވަރުންގެ މެދުފައި އަހްލާގާއި ސުލޫކާއި ލީޑާޝިޕް ދަސްކޮށްދިނުން

- ދިރިއުޅުމުގެ ހުނަރާއި ސިވިކް އެޑިއުކޭޝަން އުނގަންނައިދިނުން

- ދަރިވަރުންނަށް ކުޅިވަރާއި ކަސްރަތުކުރުމުގެ ފުރުސަތުތައް ހޯދައިދިނުން

މިރޭގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ 08:30 ގައެވެ. ކައުންސިލުން ބުނީ ކުރިއަށްހުރި ބައްދަލުވުންތަކުގެ މައުލޫމާތު އާންމުކުރަމުން ގެންދާނެކަަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355