twitterviber whatsapp telegramfacebookyoutube instagram
13th January 2026

ކުޅުދުއްފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަބްދުލް ވާހިދު ޙަސަން
Jul 29, 2021

ކުޅުދުއްފުށީ ފެނަކަ އޮފީހުގެ ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ. މިއަދު މެންދުރު 12 ޖަހާއެހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ބައުޒަރުގައި ހުޅު ހިފީ 10،000 ލީޓަރުގެ ޑީސަލްއާއެކު ފެނަކަ ޓޭންކަށް އަންލޯޑްކުރަމުންދަނިކޮށް ކުއްލިއަކަށެވެ. ވަރުގަދަ އަޑަކާއެކު ހުޅު ހިފިއިރު އަލިފާނު ގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފުންނެވެ.

މި ހާދިސާގައި ފެނަކަ ޓޭންކުގައި ހުޅު ނުހިފިނަމަވެސް ބައުޒަރުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ. މިހާދިސާ ހިނގަން ދިމާވި ކިހެނެތްކަމެއްކަން އަދި ސާފެއް ނުވެ އެވެ.

ފެނަކާގައި ގެންގުޅޭ މި ތެޔޮ ބައުޒަރަކީ ހޮސްޕިޓަލު ސަރަހައްދުގައި ހުންނަ އެ ތަނުގެ ޓޭންކުން އިންޖީނުގެ ގެއަށް ތެޔޮ އުފުއްލުމަށް ބޭނުންކުރާ ވެހިކަލެކެވެ. މިއީ ބޭނުންކުރާތާ ދުވަސްވީ ވެހިކަލެއްކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355