ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ ހއ. ތަކަންދޫ މޮނިޓަރިން ހާލަތަށް ގެނެއްފިއެވެ.
ޕޮޒިޓިވްވެފައިވާ މީހާއަށް ބަލިޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރުމުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. ޕޮޒިޓިވްވި ފަރާތަކީ މި ފަހުން ރަށުން ބޭރަށް ދަތުރުކުރި ފަރާތެއް ނޫނެވެ.
ތަކަންދޫގައި ކަރަންޓީންގައި ނެތް މީހަކު ޕޮޒިޓިވްވުމުން ރަށުގައި ބަލީގެ ހާލަތު އޮތްގޮތް ދެނެގަނެވެންދެން އެ ރަށަށް އަރާ ފޭބުން މަނާކުރީ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ރެންޑަމް ސާމްޕަލް ނަގާ ބަލި އޮތް މިންވަރު ދެނެގަތުމަށް މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފައެވެ.
އީދު ބަންދާ ދިމާކޮށް ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދިޔަ މި ރަށަކީވެސް ރަށުން ބޭރުން ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރި ރަށެކެވެ.