twitterviber whatsapp telegramfacebookyoutube instagram
27th August 2025

ފުވައްމުލަކަށް ދިމާވި ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދީފި

މުޙައްމަދު އަހުމަދު
Aug 2, 2021

ފުވައްމުލަކު ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ފެނަކައިން ހޯދައިދީފި އެވެ. ފުވައްމުލަކުގެ ބޮޑު ބަޔަކުން ކަރަންޓާއި ފެނުގެ ހިދުމަތް ރޭ މެދުކެނޑުމުން ރައްޔިތުންނަށް އުދަނގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

އެރަށުގެ 80 ޕަސެންޓް ގެތަކުގައި ރޭ ކަރަންޓާއި ފެން ނެތްއިރު ފެނަކައިން ބުނީ އެކަން ހިނގީ ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަމަށެވެ.

ފުވައްމުލަކު ނެޓްވޯކްގައި ބޭނުންކުރަމުންދިޔަ 2500 ކޭވީއޭ ޓްރާންސްފޯމާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުނުއިރު މިމައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއިން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށް ފެނަކައިން ބުނެ އެވެ.

މިމައްސަލަ ހައްލުކުރުމަށް ގާތްގަނޑަކަށް 12-10 ގަޑިއިރު ހޭދަވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފެނަކައިން ބުނިއިރު އެކުންފުނިން ވަނީ ކަރަންޓު ބޭނުންކުރުމުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އާލާތްތައް ބޭނުންކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355