ފުވައްމުލަކަށް ހައި ވޮލްޓޭޖުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާސްފޯމަރު ހަލާކުވުމުން، އެ ރަށުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް މިއަދު އަލުން ކަރަންޓު ދޭން ފަށައިފި އެވެ.
ފެނަކައިން ބުނީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫން 4،500 ކިލޯވޮޓުގެ ޓްރާންސްފޯމަރެއް ގެންގޮސް އިންސްޓޯލްކޮށްފައިވާ ކަމަށެވެ. މިއާއެކު ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ މަސައްކަތް ކުރުމަށް މިއަދު މެންދުރު އެ ރަށުން ވަނީ ތިން ގަޑިއިރަށް ކަރަންޓު ކަނޑާލާފައެވެ.
Fuvahmulakah dhimaavi karantu massala hahlu kurumah gendhevunu 4500KVA ge transformer install kurumah fahu mulhi rashah karantuge hidhumai mihaaru vany dhevifai.
— Fenaka Corporation Ltd (@TeamFenaka) August 5, 2021
Rayyithunge faraathun dhevvi ehbaarulumaai keiytherikan faahagakoh shukuru dhannavameve. pic.twitter.com/SPEvjIlA5G