ފިލްމު "ކޮއި މިލް ގަޔާ" އަށް 18 އަހަރު ފުރުން ފާހަގަކުރަމުން ފިލްމުގައި ފެނުނު ފިކްޝަން ކެރެކްޓާރ އޭލިއަން ޖާދޫއަށް 21 އަހަރު ފުރިއްޖެ ކަމަށް ފިލްމުގެ ބަދަލު ރިތިކް ރޯޝަން ބުނެފި އެވެ.
ރިތިކް ބުނީ އެ ފިލްމުގައި ޖާދޫއަށް 3 އަހަރުކަމަށާއި އެހެން ކަމުން މިހާރު 21 އަހަރު ފުރިފައިވާނެކަމަށެވެ. އިންސްޓަރގްރާމް ގައި ކުރި ޕޯސްޓެއްގައި އޭނަ ބުނީ މިހާރު ޖާދޫ ހުންނާނީ ކިހިނެތްބާއޭ ހިތަށް އަރާކަމަށެވެ.
"ރޯހިތުގެ ހަޔާތަށް ޖާދޫ އައިއިރު އެންމެ 3 އަހަރު. 18 އަހަރު ފާއިތުވެގެން ދިޔައިރު މިހާރު ޖާދޫއަށް މިއަދު 21 އަހަރު ފުރިއްޖެ. ބައެއް ފަހަރު ހިތަށް އަރާ މިހާރު ޖާދޫ ހުންނާނީ ކިހިނެތް ބާއޭ" ރިތިކްގެ ޕޯސްޓްގައި ބުނެފައި ވެއެވެ.
މި ފިލްމަކީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްކޮށް ފިލްމުކްރާފްޓް ޕްރޮޑަކްޝަނުން 2003 ވަނަ އަހަރު ނެރުނު ފިލްމެކެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ދެން ފެނިގެން ދިޔައީ ރޭކާ އަދި ޕްރިތީ ޒިންޓާ އެވެ.