twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބުމުން ރައީސް މަރުހަބާ ދަންނަވައިފި

މުޙައްމަދު އަހުމަދު
Aug 10, 2021

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބުމުން އުފާވާކަން ހާމަކޮށް އެފްއޭއެމަށާއި މިކަން ކާމިޔާބުކުރަން މަސައްކަތްކުރެއްވި ހުރިހާ ފަރާތަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބުނީ 2008 ވަނަ އަހަރު އަވައްޓެރި ސްރީލަންކާއާ ގުޅިގެންނެވެ. އެފަހަރުގެ ތަށި ވެސް ހިއްލާލީ ރާއްޖޭގެ ގައުމީ ޓީމުންނެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕް ވެސް ރާއްޖެއިން ހޯސްޓްކުރި އެވެ.

އެންމެފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ވެސް ހިއްލާލީ ރާއްޖެއިންނެވެ. ރާއްޖެ އަކީ މިފަހަރުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭނެ ޓީމެކެވެ.

ނޭޕާލާ ވާދަކޮށް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ގައުމެއްގެ ތާއީދާއެކު ރާއްޖެއިން މި ބިޑު މިވަނީ ކާމިޔާބުކޮށްފަ އެވެ.

ރައީސް އެފްއޭއެމަށާއި އެފްއޭއެމްއާއި ގުޅިގެން މިކަން ހާސިލުކުރުމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަކަށް މަރުހަބާ ދެންނެވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ މިއަންނަ އޮކްޓޫބަރު މަހުގެ 1 ން 15 އަށެވެ.

ފީފާގެ ސަސްޕެންޝަނެއްގެ ދަށުގައި އޮތުމުން ޕާކިސްތާނަށް މިފަހަރުގެ މުބާރާތް ނުކުޅެވޭނެ އެވެ. ބޫޓާނުން ކުރިއަށް ދެދުވަހުގެ ތެރޭގައި ވަކިގޮތެއް އަންގާނެ ކަމަށް ބުނެފައިވާއިރު މިހާތަނަށް މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަންދީފައިވާ ގައުމުތަކަކީ ރާއްޖެ އާއި އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355