twitterviber whatsapp telegramfacebookyoutube instagram
20th March 2026

އަމާޒަކީ ހުރިހާ ކުދިންނަށް މިމަސް ނިމުމުގެ ކުރިން ވެކްސިން ދިނުން: ރައީސް

ޚަދީޖާ އާދަމް
Aug 11, 2021

މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށްވެސް ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަކީ މިހާރު ސަރުކާރުގެ އަމާޒުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިއްޔެ ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޮވިޑް ވެކްސިން ޖެހުމުގެ ހާއްސަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާވަރަށް މިހާރު ވެކްސިން ލިބިފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ރާއްޖެ މިހާރު މި ވަނީ އާންމު ހާލަތަކަށް އައިސްފަކަމަށެވެ.

ރައީސް ވިދާޅުވީ ލުއިތަށް ދެވި ރާއްޖެ އާންމު ހާލަތަށް އާދެވިފައިވިއަސް ބައެއް ގައުމުތަކުގައި ކޮވިޑް ޖައްސާ ވައިރަހުގެ ތަފާތު ބާވަތްތައް ފެތުރެމުންދާއިރު ކޮވިޑް-19ގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ކަމަށް ގަބޫލުކޮށްގެން އަދި ނުވާނެ ކަމަށާއި ކޮވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށް، ސަމާލުވާން ޖެހޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355