twitterviber whatsapp telegramfacebookyoutube instagram
20th February 2026

އެންމެ ތަފާތު ތަޖުރިބާއެއް ކުރީ އިންޑިޔާއަށް ކުރި ދަތުރުގައި: ކްރިސް

Aug 19, 2021

މިހާތަނަށް ދަތުރުކުރި ގައުމުތަކުގެ ތެރެއިން އެންމެ ތަފާތު ތަޖުރިބާއަކީ އިންޑިޔާއަށް ކުރި ދަތުރުގައި ކަމަށް ހޮލީވުޑްގެ ތަރި ކްރިސް ހެމްސްވޯތް ބުނެފި އެވެ.

އޭނާ ވަނީ އިންޑިޔާއަށް 2016 ވަނަ އަހަރު ކުރި ދަތުރުކޮށްފައެވެ. އެގޮތުން އޭނާގެ އާއިލާއާއެކު ކުރި އެ ދަތުރުގެ އެކި ފޮޓޯވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެދަތުރުގައި އިންޑިޔާގެ ހިމާލިއާއަށްވެސް އޭނާވަނީ ގޮސްފައެވެ.

އޭގެ ފަހުން ނެޓްފްލިކްސްއިން އުފެއްދި ކާމިޔާބު ފިލްމު އެކްޓްރެކްޝަންގެ ޝޫޓިންނަށްވެސް ކްރިސް ވަނީ އިންޑިޔާއަށް ގޮސްފައެވެ. އެ ފިލްމުގައި އޭނާއާއިއެކު ރުދްރަކްސް ޖެއިސްވަކް ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ ޝޫޓިން އެހެމްދާބާދުގައި ކުރިއަށް ދިއައިރު އިންޑިޔާގެ ގިނަ ކެއުންތަކެއްވެސް ކްރިސް ތަޖުރިބާ ކުރަން ބޭނުންވި ކަމަށެވެ. އެގޮތުން ޗިކަން ޓިއްކާއާއި ރާޖްމާ ޗާވަލް އޭނާއަށް ވަރަށް ކަމުދިޔަ ކަމަށެވެ.

ކްރިސް މިވަގުތު މަސައްކަތް ކުރަމުންދަނީ މާވެލްގެ ޕްރެންޗައިސް ތޯރް ގެ 4 ވަނަ ފިލްމު ތޯރް: ލަވް އެންޑް ތަންޑާރ ގެ މަސައްކަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355