twitterviber whatsapp telegramfacebookyoutube instagram
18th August 2025

ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޑޭވިޑް

އަބްދުލް ވާހިދު ޙަސަން
Aug 11, 2021
4

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އަހުމަދު ދާއޫދު (ޑޭވިޑް) އައްޔަނުކުރައްވައިފި އެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހާ ހަމައަށް ޑެވިޑް ހުންނެވީ އެ ހޮސްޕިޓަލުގެ މެނޭޖަރުގެ މަގާމުގައި އެވެ.

މިހާރު ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ ދާއިރާއިން މާސްޓާސް އަށް ކިޔަވަމުންދާ ޑޭވިޑް ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވީ މި މަހުގެ 8 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް ސޯލިހެވެ.

ޑޭވިޑަކީ ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓިންގ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އޭނާ މީގެ ކުރިން މަސައްކަތް ކުރެއްވީ ދިރާގާއި މިރާގައި އެވެ.

ކޭއާރުއެޗުން ހެލްތް މިނިސްޓްރީގެ ދަށުން ވަކިކޮށް އެތަނުގެ ހިންގުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ކުރީކޮޅު ގަވަރނިންގ ބޯޑެއް އެކުލަވާލާފައި 6 މެމްބަރުން އައްޔަނުކުރައްވާފަ އެވެ.

ކޭއާރުއެޗުން ދޭ ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355