twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީ ސްކޫލްތަކަށް ދިރާސީ އަހަރު ފެށޭނީ މާދަމާ

ޚަދީޖާ އާދަމް
Aug 11, 2021
1

ކުޅުދުއްފުށީ ސްކޫލުތަކުގެ ކިޔެވުން މާދަމާ ފެށޭނެކަމަށް އެ ސްކޫލުތަކުން ބުނެފިއެވެ. އިއްޔެ ރާއްޖޭގެ ސްކޫލްތަކުގައި 2022 ގެ ދިރާސީ އާހަރުގެ ކިޔެވުން ފަށާފައިވާއިރު މޮނީޓަރިންގެ ހާލަތުގައި އޮތުމުން ކުޅުދުއްފުށީ ސްކޫލްތަކުގެ ކިޔެވުން ފަށާފައެއް ނުވެއެވެ.

ނަމަވެސް އިއްޔެ 18:30 ގައި ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތު އުވާލުމާއެކު ހުރިހާ ސްކޫލެއްގައިވެސް މާދަމާ ދިރާސީ އާ އަހަރުގެ ކިޔެވުންފެށުމަށް ވަނީ ނިންމާފައެވެ.

ކުރިން މޮނީޓަރިންގައި ރަށް އޮތްނަމަވެސް ހާލަތަށް ބަލައި މިމަހު 15 ގައި ގްރޭޑް 7 ން މަތީގެ ދަރިވަރުން ސްކޫލަށް ނެރެގެން ކިޔަވައިދިނުމަށް ބައެއް ސްކޫލުތަކުން އޮތީ ނިންމާފައެވެ. އަދި 7 ން ދަށުގެ ގްރޭޑްތަކަށް އޮންލައިން ކްލާސްތައް ބޭއްވުމަށް އޮތީ ނިންމާފައެވެ.

މޮނީޓަރިން އުވާލުމާއެކު ކުޅުދުއްފުށީގެ 3 ސްކޫލުންވެސް ހުރިހާ ގްރޭޑެއްގެ ދަރިވަރުން މާދަމާ ސްކޫލަށް ގެންގޮސް ކިޔަވައިދިނުން ފަށާނެކަމަށް ސްކޫލުތަކުން މައުލޫމާތު ދެއެވެ.

ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދޭން ފަށަން ނިންމާފައިވާއިރު ކުޅުދުއްފުށީ ވެކްސިންޖެހޭ އާބާދީގެ ބޮޑުބައެއް ވެކްސިން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ އާބާދީގެ 75 ޕަސެންޓް މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355