twitterviber whatsapp telegramfacebookyoutube instagram
3rd December 2025

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 93 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކޮށްފި

ނަބީލާ އިސްމާޢީލް
Aug 11, 2021

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 93 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ދެވިފައިވާ ލުއިތަކާއެކު އިގްތިސާދީ ހަރަކާތްތައް ފެށިގެން ދިޔަ ދިޔުން އެގޮތުގައި ދެމެހެއްޓޭނީ ހުރިހާ ރައްޔިތުން ވެކްސިން ޖަހައިގެން ކަމަށެވެ.

މިހާރު ރާއްޖޭގެ 80 ޕަސެންޓު މީހުންވެސް މިހާރު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 69 ޕަސެންޓު މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އަނބުރާ އިޔާދަކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 93 ޕަސެންޓު މީހުން މިހާރު ވަނީ ވެކްސިން ޖަހާފައި ކަމަށާއި ބޯޑާ ކޮންޓްރޯލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މިހާރު ވަނީ ވެކްސިން ޖަހާ ނިންމާފައިކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355