twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކާރުތަކާ ބެހޭގޮތުން ބަލާހޯދާ މީހުންނަށް ބައެއް އަޖައިބުކުރުވަނިވި ވާހަކަތަކެއް

މުޙައްމަދު އަހުމަދު
Aug 14, 2021

ކާރަކީ ދިރިއުޅުމުގައި ތަންތަނަށް ދަތުރުކުރުމަށް ބޭނުންކުރާ ވަރަށް މުހިންމު ސަވާރީއެކެވެ. އެކިކަހަލަ ކާރު ހުންނައިރު އާންމުކޮށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަނީ އަގުބޮޑެތި ކާރުތަކެވެ. އަދި ދުވެއްޔާއި ރީތިކަމަށް ވެސް ގިނަ ބަޔަކު ބަލަ އެވެ.

ރޭސް ޖަހަންޔާ ބޭނުންކުރާނީ ބާރަށް ދުވާ ކާރުތަކެވެ. ވާނީވެސް އެހެންތާ އެވެ. ކޮންމެ މީހަކުއަނެކަކަށް ވުރެ މޮޅު ކާރެއް ހޯދައިގެން ނަމަވެސް އެއްވަނައަށް ވާދަކުރަން ބޭނުންވާނެ އެވެ. އެހެންނަމަވެސް ކާރުތަކާ ބެހޭގޮތުން ގިނަ މީހުންނަށް ނޭނގޭ ކަންތައްތަކެއްވެ އެވެ.

ކާރުތަކަކީ ވަރަށް ކުރީންސުރެ ބޭނުންކުރާ އެއްޗެކެވެ. ޒަމާނާއެކު ކާރުތަކަށް ވެސް ބަދަލު އާދެ އެވެ. ކާރުބަލާ ހޯދާމީހުންނަށާއި އެދުއްވާ މީހުންނަށް ނޭނގި ހުރެދާނެ ބައެއް އަޖައިބުކުރުވަނިވި ކަންތައްތަކެއް ހިއްސާކޮށްލާނަމެވެ. މިއީ ވަރަށް އިންޓްރެސްޓިން ފެކްޓްސްތަކެކެވެ.

1. ފުރަތަމަ ސްޕީޑިން ޓިކެޓްއެއް ޗާޖް ކުރެވުނީ ކޮން އަހަރަކުކަމެއް އިނގޭތަ؟

އެންމެ ފުރަތަމަ ދުނިޔޭގައި ސްޕީޑިން ޓިކެޓެއް ޗާޖް ކުރެވުނީ 1902 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ ގަޑިއަކު 45 މޭލު ބާރުމިނުގައި ދުއްވައިގެނެވެ.

2. ޔޫކޭގެ މަގުތަކުގައި ދުއްވާ ކޮންމެ 4 ކާރަކުން އެއްކާރު އުފެއްދީ ޗައިނާއިންނެވެ.

މިއީ ވަރަށް ގަބޫލުކުރަން ދަތި ނަމަވެސް ތެދެކެވެ. ޔޫކޭގެ މަގުތަކުގައި ދުއްވާ ކޮންމެ 4 ކާރަކުން އެއްކާރަކީ ޗައިނާގެ އުފެއްދުމެކެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ. ޔޫކޭގައި ގާތްގަނޑަކަށް 35 މިލިއަނެއްހާ ކާރު ދުއްވަ އެވެ.

3. އެފް-1 ކާރަކަށް އެކޮޅުކޮޅުން 120 މޭލު ގަޑިއަކު ދުއްވާލެވެ އެވެ.

އެފް-1 ކާރެއް ލަނބާލާއިރު 3.5ޖީ އުފައްދަ އެވެ. އެހެންކަމުން އޭގައި ހުންނަ އެއިރޯޑައިނަމިކް ޑައުންފޯސްގެ ސަބަބުން ޓަނަލެއްގެ ތެރޭގައި އެކޮޅުކޮޅުން ދުއްވުމުގެ ކުޅަދާނަކަން ހުރެ އެވެ.

4. ދުނިޔޭގައި މިނެޓަކު 115 ކާރު އުފައްދާ؟

ދުނިޔޭގައި މިނެޓަކު 115 ކާރު އުފައްދާކަން ގަބޫލުކުރާކަށް ފަސޭހައެއް ނުވާނެ އެވެ. ނަމަވެސް މިއީ ވެސް ހަގީގަތެކެވެ. ގަޑިއަކު 6875 ކާރު،މިނެޓަކު 115، އަދި ދުވާލަކު 165000 ކާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުފައްދަ އެވެ.

5. ދުނިޔޭގައި މިވަގުތު ކިތައް ކާރު ބޭނުންކުރެވެމުންދާކަން އިނގޭތަ؟

ދުނިޔޭގެ އާބާދީ އަޅާ ބަލާއިރު ކޮންމެ 7 މީހަކުން އެކަކަށް ކާރެއް ދުނިޔޭގައި އޮވެ އެވެ. އެއީ އެއްބިލިއަން ކާރެވެ.

6. އިނގިރޭސިން ހަޔާތުގެ 99 ދުވަސް ޓްރެފިކްގައި ހޭދަކުރެ އެވެ.

އެވްރެޖް ބްރިޓިޝް ރައްޔިތެއްގެހަޔާތުގެ 99 ދުވަސް ޓްރެފިކްގެ ތެރޭގައި ހޭދަވެގެންދާ ކަމަކީ ވެސް ހައިރާންކުރަނިވި ހަގީގަތެކެވެ.

7. ކާރުގައި ހަނދަށް ދާން ކިހާ ވަގުތެއް ހޭދަވާކަމެއް އެނގޭތަ؟

އެވރެޖް 60މޭލު ބާރުމިނުގައި ގަޑިއަކު ދުއްވައިގެން މަހެއްހާ ދުވަހުގެތެރޭގައި ހަނދަށް ދެވޭނެ އެވެ. މަސްދުވަސް ވެސް ނުވާނެ އެވެ.

8. ކާރެއްގައި 30 ހާހަށް ވުރެ ގިނަ ތަފާތު ބައިތައް ހިމެނެ އެވެ.

އާދައިގެ ކާރެއްގައި 30 ހާހަށްވުރެ ގިނަ ތަފާތު ބައިތައް އެކުލެވޭ ކަމަކީ ކާރު އިތުރަށް ފުރިހަމަކޮށްދޭ ސަބަބެކެވެ.

9. ރޯލްސް ރޯއީސްއިން އުފެއްދި 75 ޕަސެންޓް ކާރު އަދިވެސް މަގުމަތީގައި؟

ރޯލްސް ރޯއީސް ކާރަކީ ވަރަށް އަގުބޮޑު ކާރެކެވެ. އެކާރު ގެންގުޅޭ މީހުން އެކާރު ދެކެ ވަރަށް ލޯބިވެ އެވެ. އެކަން ސާބިތުވަނީ އެކުންފުނިން މިހާތަނަށް އުފެއްދި ކާރުތަކުގެ 75 ޕަސެންޓް ކާރު އަދިވެސް މަގުތަކުގައި ދުއްވާތީ އެވެ.

10. ފުރަތަމަ ކާރު އެކްސިޑެންޓް ހިނގީ 1800 ގެ ފަހުކޮޅުގަ އެވެ.

ފުރަތަމަ ކާރު އެކްސިޑެންޓެއް ހިނގާފައިވަނީ 1891 ވަނަ އަހަރު އެވެ. މިއެކްސިޑެންޓަށް ފަހު ޑްރައިވަރުންގެ ރައްކާތެރިކަމަށް އެކިކަހަލަ އެއްޗެހި ތައާރަފްކުރަން ފެށުނެވެ.

11. ކާރު އިންޖީނެއް ބަދަލުކޮށްލި އެންމެ އަވަސް ވަގުތަކީ ކޮބައިބާ؟

ކާރަކުން އިންޖީނެއް ނައްޓާ އެހެން އިންޖީނެއް އެޅުވި އެންމެ އަވަސް ވަގުތަކީ 42 ސިކުންތެވެ. އެއީ 1985 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ފޯޑް އެސްކޯޓެއްގެ އިންޖީނެވެ.

12. އެންމެ ބޮޑު ސްޕީޑިން ޓިކެޓަކީ ކޮބައި؟

ދުނިޔޭގައި މިހާތަނަށް ޗާޖްކުރެވުނު އެންމެ ބޮޑު ސްޕީޑިން ޓިކެޓަށް އެރީ 1 މިލިއަން ޔޫރޯ އެވެ.

13. އެންމެ ކާރަކުން އެންމެ ގިނަ އަދަދެއްގެ މޭލު ފުރިހަމަކުރިއިރު ކޮށްފައިވަނީ ކިތައްމޭލުކަމެއް އިނގޭތަ؟

އެންމެ ކާރަކުން މިހާތަނަށް ފުރިހަމަކުރި އެންމެ ބޮޑު މައިލޭޖަކީ 2850000 މިލިއަން މޭލެވެ. އެއީ ދުނިޔެ ވަށާ 100 ބުރުޖެހުމާއި އެއްވަރު އަދަދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355