twitterviber whatsapp telegramfacebookyoutube instagram
10th August 2026

ސްޕަޓްނިކް ވެކްސިން ނުގެންނަން ނިންމައިފި

ޚަދީޖާ އާދަމް
Aug 14, 2021

ރަޝިޔާގެ ސްޕަޓްވިކް ވެކްސިން ނުގެންނާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕެރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެެވެ.

ރާއްޖެ ގެންނަން ނިންމާފައިވާ ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ދެން ރާއްޖެ ނުގެންނަން ނިންމީ މިހާރު ރާއްޖެއަށް ގެނެސްފައިހުރި ވެކްސިންތަކުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ޖެހޭނެތީ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

އެގޮތުން އެސްޓްރަޒެނެކާގެ 700،000 ޑޯޒް ގެންނަން ސަރުކާރުން ފައިސާ ދައްކާފައިވާއިރު އޭގެ އެއް ޝިޕްމެންޓް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކުރި 128،700 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައިވެއެވެ. މި ވެކްސިން ޖަހަން ނިންމާފައިވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި ޗައިނާއިން ވަނީ ސިނޮފާމް ވެކްސިންގެ އިތުރު ހަތަރުލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައެވެ.

ސަރުކާރުން ސްޕަޓްނިކް ވެކްސިން ގެންނާނެ ކަން އިއުލާނު ކޮށްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ ވެކްސިން ގެންނަން އެގްރީމެންޓްގައި ސޮއިކުރާތާ ހަތަރު ހަފްތާއެއްހާ ދުވަސް ތެރޭގައި ވެކްސިން ފޮނުވާނެ ކަމަށްވެސް އޭރު ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވިއެވެ.

ނަމަވެސް އެއްވެސް ފައިސާއެއް ސްޕަޓްނިކް ވެކްސިންއަށް ހޭދަ ނުކުރާ ކަމަށްވެސް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355