twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިވެހި ރުފިޔާ އާއި އޭގެ ތާރީހާ ބެހޭގޮތުން ކިޔާލަމާ!

މުޙައްމަދު އަހުމަދު
Aug 15, 2021
1

ދިވެހި ރުފިޔާ ނުވަތަ ދި މޯލްޑިވިއަން ރުފިޔާ އަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށާއި ރުފިޔާކުރާ ހުރިހާ ބޭނުންކުރަން ގެންގުޅޭ ރަސްމީ ކަރަންސީއަށް ކިޔާ ނަމެވެ. ލާރި ޗާޕުކުރުމާއި ހުރިހާ ކަމެއް ކޮންޓްރޯލްކުރާ ފަރާތަކީ ދިވެހިރާއްޖޭގެ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ.

ރުފިޔާއަށް އެންމެ އާއްމުކޮށް ބޭނުންކުރާ ސިމްބޮލްސް ނުވަތަ ދިވެހި ރުފިޔާކަން ދެނެގަންނަން ބޭނުންކުރާ ބަސްތަކަކީ MVR, MRf, Rf, ރ، ނުވަތަ /- އެވެ. އައިއެސްއޯ 4217 އިން ދިވެހި ރުފިޔާއަށްދީފައި އިންނަ އަކުރުތަކަކީ MVR އެވެ.

އެއްރުފިޔާއަކީ 100 ލާރި އެވެ. ލާރި ނުވަތަ ކޮއިންސްގެ ތެރެއިން އެންމެ އާންމުކޮށް ބޭނުންކޮށް އުޅެނީ 25 ލާރި، 50 ލާރި، 1 ރުފިޔާ އަދި 2 ރުފިޔާ އެވެ. މަދުންނަމަވެސް 1 ލާރި، 2 ލާރި، 5 ލާރި. އަދި 10 ލާރި ބޭނުންކުރެ އެވެ.

ރުފިޔާ މިބަސް ނެގިފައި އިންނަނީ ސަންސްކްރިޓް ބަހުންނެވެ. ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަކީ އާންމުކޮށް 15 ރުފިޔާ 42 ލާރި އެވެ. ނަމަވެސް މިހާރު 18 ރުފިޔާ 50 ލާރިއަށް ވެސް ޑޮލަރު ވިއްކަ އެވެ.

ތާރީހު:

އެންމެ ކުރީ ޒަމާނުގައި ރާއްޖޭގައި ބޭނުންކުރެވުނު ކަރަންސީއަކީ ބޮއްޔެވެ. ދަތުރުވެރިންގެ ތާރީހީ ހިސާބުތަކުން ދައްކާ ގޮތުގައި މިމޭރުމުން 13 ވަނަ ގަރުނުގައި ވެސް ބޮލި ރާއްޖެއިން ޓްރޭޑް ކުރެ އެވެ. 1344 ވަނަ އަހަރުގެ ފަހުކޮޅުގައި އިބްނު ބަތޫތާ ބަލާ ހާމަކުރި ގޮތުގައި އަހަރަކު 40 ބޯޓު ފުރޭދެން ބަރުކޮށްގެން ރާއްޖެއިން ބޮލި ބޭރުކުރެ އެވެ. 4 ލައްކަ ބޮލީގެ އަގަކީ އޭރު އެއް ރަން ދީނާރުގެ އަގެވެ.

17 އަދި 18 ވަނަ ގަރުނުގައި އެތެރެކޮށްގެން ޓްރޭޑްކުރީ ޕެރެލަލް ސްޓްރައިޕްސް އޮފް ސިލްވަރ ވަޔާ ކިޔާ ދެފަޅިއަށް ފަތްޖަހާފައި އޮންނަ އެއްޗެކެވެ. އޭރު އޭގެ ރުފިޔާ ބޭނުންކުރީ ޕާޝިއަން ގަލްފްގައްޔާއި އިންޑިއާ އަދި ސިލޯނުގެ އިތުރުން އިރުމަތީގެ ސަރަހައްދުތަކުގަ އެވެ. ތާރީހީ އިލްމުވެރިން އެއްބަސްވާ ގޮތުގައި މީގެ ރުފިޔާއަކީ ބޮއްޔާއި ބަދަލުކުރަން އެންމެ އާންމުކޮށް ބޭނުންކުރި ވައްތަރުގެ ރުފިޔާ އެވެ.

އެނގޭގޮތުގައި އެންމެ ފުރަތަމަ ލާރި ތައާރަފްކުރީ ސުލްތާން އިބްރާހިމް އިސްކަންދަރެވެ. އެއީ 1648 އަދި 1687 އާ ދެމެދު އެވެ. މީގެކުރިން ބޭނުންކުރި ރުފިޔާގެ ވައްތަރުތަކަށްވުރެ ރީތި ސާފު ބާވަތެއްގެ ލާރި އެވެ. އަދި އެއްޗެހި ހަދާފައި ހުރީ ހަމަ ހަގީގީ ސާފު ރިހިންނެވެ. އެކަންކޮށްފައިވަނީ ހަމަ ރާއްޖޭގެ ވެރިރަށް މާލޭގަ އެވެ. މިލާރީގެ ކައިރިފަށުގައި ލިޔެވިފައި އިންނަނީ "ކަނޑާއި އެއްގަމުގެ ރަސްގެފާނު، މަތިވެރި އިސްކަންދަރު" އެވެ.

މިލާރިތަކަށް ފަހު 1787 ވަނަ އަހަރު ހަސަން ނޫރައްދީނުގެ ވެރިކަމުގައި ރިހި ލާރީގެ ބަދަލުގައި ރަންލާރި ބޭނުންކުރެވެން ފެށުނެވެ. ސުލްތާން ހަސަން ނޫރައްދީން އެކަމުގައި ދެ ވައްތަރެއްގެ ރަނެއް ބޭނުންކުރި އެވެ. އެކައްޗަށް ކިޔުނީ މޮހޮރީ އެވެ. އަދި އަނެއް ވައްތަރަށް ކިޔުނީ ބައިމޮހޮރީ އެވެ.

19 ވަނަ ގަރުނާ 20 ވަނަ ގަރުނުގައި ބޭނުންކުރެވުނީ ލޯ ލާރި އެވެ. އެއީ ސުލްތާން މުހައްމަދު އިމާދުއްދީން 4 ގެ ވެރިކަމުގަ އެވެ. އެންމެފަހުން ރާއްޖޭގައި ލާރި ހެދީ ސުލްތާން މުހައްމަދު ޝަމްސުއްދީން 3 އެވެ. އެއީ މައިގަނޑު ގޮތެއްގައި 1 ލާރި އަދި 4 ލާރި އެވެ.
ރާއްޖެއަށް ހާއްސަކޮށް ލާރި ހެދުން ހުއްޓާލުމާއެކު ބޭނުންކުރަން ފެށުނީ ސިލޯނީސް ރުޕީސް އެވެ.

ލާރި:

މިހާރު ބޭނުންކުރާ ކަހަލަ ލާރި އެންމެ ފުރަތަމަ އުފެއްދީ 1960 ގެ ކުރީކޮޅު ސުލްތާން މުހައްމަދު ފަރީދުގެ ވެރިކަމުގަ އެވެ. ނަމަވެސް އެހެން ވެރިންނާއި ހިލާފަށް ސުލްތާން ފަރީދު ލާރީގައި ބޭނުންކުރީ ގައުމީ ނިޝާނެވެ. ވެރިކަމުގެ މަގާމެއް ނޫނެވެ.

އަލަށް އުފެއްދި ސެންޓްރަލް ބޭންކް އެމްއެމްއޭއިން އެންމެ ފުރަތަމަ 1 ރުފިޔާގެ ކޮއިން ތައާރަފްކުރީ 22 ޖެނުއަރީ 1983 ގަ އެވެ. އެލާރި މިންޓް ކުރެވުނީ ހުޅަނގު ޖަރުމަނުގަ އެވެ.

ބޭންކް ނޯޓްސް/ފައިސާ:

1945 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ބިލް ނަމްބަރު 66/2 ގެ ދަށުން މޯލްޑިވިއަން ބޭންކް ނޯޓްގެ ބިލް ފާސްކުރި އެވެ. މިގާނޫނުގެ ދަށުން ½، 1، 2، 5 އަދި 10 ރުފިޔާ ޕްރިންޓް ކުރެވި 5 ސެޕްޓެމްބަރު 1948 ގައި ބޭނުންކުރެވެން ފެށުނެވެ. އަދި 1951 ގައި 50 އަދި 100 ގެ ފައިސާ ޕްރިންޓް ކުރެވުނެވެ.

500 ރުފިޔާގެ ފައިސާ އައީ 1990 ގަ އެވެ. ފައިސާގެ ގޮތުގައި 1983 ގައި އިޝޫ ކުރެވުނީ 2، 5، 1، 50 އަދި 100 ރުފިޔާ އެވެ. އަދި 1990 ގައި 500 ރުފިޔާ އައިއިރު 2 ރުފިޔާ ކޮއިންއަކަށް ބަދަލުވީ 1995 ގަ އެވެ. އަދި 2015 ގައި 1000 ރުފިޔާގެ ނޯޓް ތައާރަފް ކުރެވުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355