twitterviber whatsapp telegramfacebookyoutube instagram
4th May 2024

އުންމީދަކީ 5 އަހަރުން މަތީގެ ކުދިންނަށް މަހެއްތެރޭ ވެކްސިން ޖަހަން ފެށުން

Aug 15, 2021
1

އުންމީދަކީ މަހެއްހާ ދުވަހުގެ ތެރެއިން 5 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖަހަން ފެށުން ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ އެމެރިކާގައި މިހާރު ހަދަމުންދާ ދިރާސާގެ ނަތީޖާ، މި މަސް ނިމޭއިރު ލިބޭނެ ކަމަށް އުންމީދު ކުރެވޭކަމަށާއި އެ ނަތީޖާއަށް ބަލައި ރާއްޖޭގައި ވެސް އުމުރުން 5 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.

ސްކޫލް ދަރިވަރުންނަށް މިއަދު ވަނީ މާލޭގައި ފައިޒާ ވެކްސިން ޖަހަން ފަށާފައެވެ. މި ވެކްސިން ޖަހަން ނިންމާފައިވަނީ 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހުމުން ޕޮޒިޓިވް ރޭޓް އިތުރަށް ދަށަށްދާނެ ކަމަށާއި، ބަލި ޖެހުނަށް ބޮޑުވަރުނުވެ އެކަމުން ސަލާމަތް ވެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355