twitterviber whatsapp telegramfacebookyoutube instagram
1st May 2024

ނޭކުރަންދޫގައި ސޯލާ ޕެނަލް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މުޙައްމަދު އަހުމަދު
Aug 17, 2021

ޕްރިޕެއަރިން އައުޓާ އައިލޭންޑްސް ފޯ ސަސްޓޭނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ގެ ސޯލާ ޕެނަލް ހަރުކުރުމުގެ ޕުރޮޖެކްޓްގެ ދަށުން ހދ ނޭކުރަންދޫގައި ސޯލާ ޕެނަލް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިޕުރޮޖެކްޓަކީ އޭޝިއަން ޑިޕޮވޮލޮޕްމެންޓު ބޭންކްގެ އެހީއާއެކު ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓު، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ހިންގާ ޕުރޮޖެކްޓެކެވެ. މިކަމުގެ ދަށުން ސޯލާ-ޑީސަލް ހައިބްރިޑް ޕަވާ ގެނެރޭޝަން ސިސްޓަމްސް ތައާރަފްކުރެވޭނެ އެވެ.

މިޕްރޮޖެކްޓުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3.5 މެގަވޯޓްގެ ސޯލާ ސިސްޓަމްސް ހަރުކުރެވޭނެއެވެ. އަދި ނޭކުރެންދޫގައި ހަރުކުރާނީ 116 ކިލޯވޮޓްގެ ސޯލާ ސިސްޓަމްސް އާއި އޭގެ އިތުރުން އެރަށުގައި ހަކަތަ އުފެއްދުމަށް މިހާރު ބޭނުންކުރާ ސިސްޓަމްއާ ގުޅާލާ ސޯލާ-ޑީސަލް ހައިބްރިޑް ސިސްޓަމެއް އެ ރަށުގައި ގާއިމުކުރެވޭނެ އެވެ.

މި ސިސްޓަމް ގާއިމުކޮށް ނިމުމާއެކު ކަރަންޓު ދިނުމަށް އެ ކުންފުނިން ތެލަށް ކޮންމެ އަހަރަކު ކުރާ ހަރަދުން 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވި ހަކަތަ އުފެއްދާއިރު ޖައްވުގެ ތެރެއަށް ބޭރުވެގެންދާ ކާބަންޑައިއޮކްސައިޑުގެ މިންވަރު ހ4 ޓަނުން މަދުކުރެވޭނެކަން ފެނަކައިން ހާމަކުރެވޭނެ އެވެ.

މިކަމާއެކު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ފެނަކައިގެ އަމާޒަކީ 70 ޕަސެންޓް އޭގެ ޕަވާ ގެނެރޭޝަން ރިނިއުބަލް އެނާޖީއަށް ބަދަލުކުރުން ކަމަށް އެކުންފުނިން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355